ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ބަނގުރާފުޅިއެއް އަތްޕުޅުން ހިއްޕަވައިގެން ހުންނަވާ ފޮޓޯއެއް އާންމު ކުރެއްވި މައްސަލާގައި އޭނާ މަގާމުން ވަކިކުރުމަށް ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ.
ޖޯޖިއާއަށް ވަޑައިގެން ހުންނަވާ ޝަމީމް މިއަދު ވަނީ އެއް އަތްޕުޅުން ރާފުޅިއެއް ހިއްޕަވައިގެން ހުންނަވައިގެން ނަންގަވާފައިވާ ފޮޓޯއެއް އާންމު ކުރައްވާފައެވެ. މީޑިއާތަކުން ސުވާލު ކުރުމުން އޭނާ ވިދާޅުވެފައިވަނީ އެއީ، އެފުޅިއަކީ ޖޯޖިއާގައި އޮތް ކޮންފަރެންސަށް ވަޑައިގެންނެވި ފަރާތްތަކަށް އެގައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލް ދެއްވި ހަދިޔާއެއް ކަމަށެވެ.
ޕީޖީގެ މި އަމަލާއި ގުޅިގެން، ޒައިދު މިއަދު ވިދާޅުވީ، ބަނގުރާ ޕްރޮމޯޓްކުރާ ކަމަށް ތުހުމަތުކުރެވޭ ޕީޖީ މަގާމުން ވަކިކުރަންޖެހޭ ކަމަށާއި ޝަމީމަކީ އިސްލާމީ ގައުމެއްގެ ޕީޖީގެ މަގާމަށް އެތައްގޮތަކުން ކުފޫހަމަނުވާ ބޭފުޅެއް ކަމަށެވެ.
"ބަނގުރާ ޕްރޮމޯޓްކުރާ ކަމަށް ތުހުމަތުކުރެވޭ ޕީޖީ މަގާމުން ވަކިކުރަންޖެހޭ! އިސްލާމީ ގައުމެއްގެ ޕީޖީގެ މަގާމަށް އެތައްގޮތަކުން ކުފޫހަމަނުވާ ބޭފުޅެއް! ސަރުކާރުއަތުގައި މަޖިލިސް އޮތްއިރު މިކަމާ އަޅާނުލާތިބުމަކީ އެއްގޮތްކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން! ފަހަތުފަޔަށް ބުރަވެނުލައްވާ!" ޒައިދު ވިދާޅުވިއެވެ.
ބަނގުރާ ފުޅީގެ ފޮޓޯގެ މައްސަލައިގައި ޝަމީމް މަގާމުން ވަކިކުރަން ޒައިދު ގޮވާލެއްވިއިރު، އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އެ ކަމުގައި ޝާމިލުވާ ކުރީގެ ފުލުސް މީހާއަށް ކޯޓުން ކުރި އެއް އަހަރު ދުވަހުގެ ހުކުމް ބޮޑު ވެގެން ހައިކޯޓުގައި އިސްތިއުނާފުކުރަން ޕީޖީން ނިންމެވުމާއި ގުޅިގެން ވެސް ޒައިދު ވަނީ ޝަމީމަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރައްވާ އޭނާގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ.
މި މައްސަލާގައި ޝަމީމް ވިދާޅުވެފައިވަނީ، އޭނާގެ އިންސްޓަގްރާމަކީ އޭނާގެ އަމިއްލަ ޕްރައިވެޓް އެއްޗެއް ކަމަށާއި އެއީ ޕަބްލިކް އެކައުންޓެއް ނޫން ކަމަށެވެ. އަދި އެކަން ޕްރައިވެޓް ކަމެއްގެ ގޮތުގައި ބާއްވަން ބޭނުންވާކަމަށް ވަނީ ވިދާޅުވެފައެވެ.

ބަނގުރާ ޕްރޮމޯޓްކުރާ ކަމަށް ތުހުމަތުކުރެވޭ ޕީޖީ މަގާމުން ވަކިކުރަންޖެހޭ! އިސްލާމީ ގައުމެއްގެ ޕީޖީގެ މަގާމަށް އެތައްގޮތަކުން ކުފޫހަމަނުވާ ބޭފުޅެއް! ސަރުކާރުއަތުގައި މަޖިލިސް އޮތްއިރު މިކަމާ އަޅާނުލާތިބުމަކީ އެއްގޮތްކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން! ފަހަތުފަޔަށް ބުރަވެނުލައްވާ!
— Ali Zaid (@alizaid1000) September 26, 2022
މި މައްސަލާގައި ޝަމީމް ވިދާޅުވެފައިވަނީ، އޭނާގެ އިންސްޓަގްރާމަކީ އޭނާގެ އަމިއްލަ ޕްރައިވެޓް އެއްޗެއް ކަމަށާއި އެއީ ޕަބްލިކް އެކައުންޓެއް ނޫން ކަމަށެވެ. އަދި އެކަން ޕްރައިވެޓް ކަމެއްގެ ގޮތުގައި ބާއްވަން ބޭނުންވާކަމަށް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު