އިސްލާމީ ދުނިޔޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް، އަންނަ މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ރާއްޖޭގައި ދީނީ ތަޤްރީރު ކުރެއްވުމަށް މުފްތީ މެންކް އަންނަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ދަތުރުކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މެންކްގެ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މާލެއާއި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ދީނީ ތަޤްރީރު ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މުފްތީއަކީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރައްވައި، އިސްލާމް ދީނުގެ މައުލޫމާތު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގައި ދުނިޔޭގައި ވެސް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ހާއްސަ ގޮތެއްގައި އޭނާ ދެއްވާ ތަގުރީރުތައް ފާހަގަ ކުރެވިފައިވަނީ، އިންސާނާއަށް ދިމާވާ ކަންކަމުގައި ދީނީގޮތުން ހައްލު ހޯދޭނެ ފަސޭހަ ގޮތްތައް ވިދާޅުވެދެއްވާ ބޭފުޅެއްގެ ގޮތުގައެވެ.
މުފްތީ މެންކް ވަނީ 2016، 2015 އަދި 2020 ވަނަ އަހަރު ރާއްޖެ ވަޑައިގެންފައެވެ. 2020 ވަނަ އަހަރު ރާއްޖެ ވަޑައިގެން ހދ. ކުޅުދުއްފުށީގައި ވަނީ ތަގުރީރު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު