ހދ. ފިނޭގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ނިންމި ތިން މަޝްރޫއެއް ރަސްމީކޮށް މިއަދު އިފްތިތާހު ކޮށްފިއެވެ.
އެގޮތުން، އެރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށް އެ ރަށުގައި އިމާރާތް ކޮށްފައިވާ އައު އިންޖީނުގެ މިއަދު ވަނީ ހުޅުވާފައެވެ.
ފިނޭގައި މިއަދު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތާއި އިންޖީނުގޭގެ އާ އޮފީސް އިމާރާތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައީސް ޞާލިޙެވެ.
ފިނޭގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުއަކީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސޮއި ކުރި މަޝްރޫއެކެވެ. ދައުލަތުގެ ބަޖެޓުން 21.3 މިލިއަން ރުފިޔާ ހަރަދުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އެ އަހަރުގެ އޮކްޓޯބަރު 20 ގައެވެ.
މި މަސައްކަތުގެ ދަށުން، ދުވާލަކު 40 ޓަނުގެ ފެން އުފައްދާ އާރްއޯ ދެ ޕްލާންޓާއި 4.5 ކިލޯ މީޓަރުގެ ފެނުގެ ނިޒާމުގެ ވިއުގައެއް އެޅުމާއި ފެން ރައްކާކުރުމަށް 130 ޓަނުގެ ދެ ތާނގީ އަދި ވާރޭފެން ރައްކާ ކުރުމަށް 110 ޓަނުގެ ތާނގީއެއް ވަނީ ބަހައްޓާފައެވެ. އަދި 179 ގެއަކަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.
ފެނަކައިން އެ ރަށުގައި އިމާރާތް ކުރި އިންޖީނުގޭގެ އާ އޮފީސް އިމާރާތް ވެސް ރައީސް އިފްތިތާހު ކޮށްދެއްވިއިރު، ފެނަކައިން ބުނެފައިވަނީ، އެއީ އެ ރަށުގެ ކަރަންޓްގެ ހިދުމަތަށް ބޮޑު ކުރިއެރުމެއް ގެނުވާނެ މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއުގެ ސަބަބުން ފެނަކައިގެ އިދާރީ މަސައްކަތްތައް ކުރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެން ދާނެކަމަށް ވެސް ފެނަކައިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު