ރާއްޖޭގެ ތަރައްޤީއަށް މިވަގުތުވެސް 18.44 ބިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށް އެބަދާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ނާވައިދޫގައި ފެނުގެ ނިޒާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މިސަރުކާރުން ބަނދަރު ހެދުމުގެ 44 މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާ ކަމަށާއި ބަނދަރުހެދުމުގެ 37 މަޝްރޫޢުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި އެ މަޝްރޫއުތަކުގެ އަގު 3.6 ބިލިއަން ރުފިޔާއަށް އަރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ 5 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ނިމިފައިވާއިރު 21 ރަށެއްގައި މަގުހެދުމުގެ މަސައްކަތް ދަނީ ކުރިއަށްކަމަށެވެ. ބިން ހިއްކުމުގެ 7 މަޝްރޫއެއްގެ މަސައްކަތް ނިމިފައިވާ ކަމަށާއި އިތުރު 7 މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް މިނިސްްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން ދަތުރުފަތުރުގެ ނިޒާމު ރާއްޖެ ގުޅުވާލުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން އެއަރޕޯޓް ތަރައްގީކުރުމުގެ 3 މަޝްރޫއެއްގެ މަސައްކަތް މިހާރު ނިމި އިތުރު 3 މަޝްރޫއެއް ކުރިއަށްދާކަންވެސް މިނިސްްޓަރ ފާހަގަކުރެއްވިއެެވެ.
މިނިސްްޓަރ އަސްލަމްގެ ވާހާކައިގައި ސާފު ބޯފެނާއި، ނަރުދަމާގެ މަސައްކަތުގެ ތެރެއިން 11 މަޝްރޫއެއްގެ މަސައްކަތް ނިމިފައިވާއިރު 130 މަޝްރޫއެއްގެ މަސައްކަތް މިވަގުތު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
އަސްލަމް ވިދާޅުވީ މި ރިޔާސީ ދައުރަކީ ތަރައްގީއަށް ބާރުއަޅާފައިވާ ރާއްޖޭގެ އެއް ރަށް އަނެއް ރަށާ ގުޅުވާލަދިން ދައުރެއްކަމަށެވެ.

.މަސައްކަތުގެ ދަށުން 4.5 ކިލޯ މީޓަރުގެ ފެނުގެ ނިޒާމުގެ ވިއުގައެއް އަޅައި ދެ އާރް.އޯ ޕްލާންޓް ބަހައްޓާފައިވޭ. އަދި، ފެން ރައްކާކުރުމަށް 185 ޓަނުގެ ދެ ތާންގީ އާއި ވާރޭފެން ރައްކާކުރުމަށް 150 ޓަނުގެ ތާންގީއެއް ބަހައްޓައި، 174 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީފައިވޭ
— Min.of National Planning, Housing & Infrastructure (@MoNPHImv) September 26, 2022
މީގެއިތުރުން ދަތުރުފަތުރުގެ ނިޒާމު ރާއްޖެ ގުޅުވާލުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން އެއަރޕޯޓް ތަރައްގީކުރުމުގެ 3 މަޝްރޫއެއްގެ މަސައްކަތް މިހާރު ނިމި އިތުރު 3 މަޝްރޫއެއް ކުރިއަށްދާކަންވެސް މިނިސްްޓަރ ފާހަގަކުރެއްވިއެެވެ.
މިނިސްްޓަރ އަސްލަމްގެ ވާހާކައިގައި ސާފު ބޯފެނާއި، ނަރުދަމާގެ މަސައްކަތުގެ ތެރެއިން 11 މަޝްރޫއެއްގެ މަސައްކަތް ނިމިފައިވާއިރު 130 މަޝްރޫއެއްގެ މަސައްކަތް މިވަގުތު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
އަސްލަމް ވިދާޅުވީ މި ރިޔާސީ ދައުރަކީ ތަރައްގީއަށް ބާރުއަޅާފައިވާ ރާއްޖޭގެ އެއް ރަށް އަނެއް ރަށާ ގުޅުވާލަދިން ދައުރެއްކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު