ހދ. އަތޮޅުގައި އެކަނިވެސް ތަރައްގީގެ 199 މަޝްރޫއެއް ކުރިއަށްއެބަދާކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނާވައިދޫ ފެނުގެ ނިޒާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސާލިހު ވިދާޅުވީ ނާވައިދޫ ފެނުގެ ނިޒާމް އިފްތިތާހުކުރުމާއެކު އެރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ދަތިކަމަކަށް ހައްލު ލިބިގެންދާނެކަމަށެވެ. އަދި އެރަށަށް ކުރިމަތިވެފައިވާ ބަނދަރުގެ ދަތިކަމަށް ހައްލެއް ގެނައުމަށްޓަކައި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ނި ދައުރުގެ ތެރޭގައި ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން އެ ރަށުގެ ފުޓްބޯޅަ ދަނޑު ނިމިގެންދާއިރު ރޭގަނޑު ފުޓްބޯޅަ ކުޅެވޭނެ އިންތިޒާމްވެސް ހަމަޖައްސަވައިދެއްވާނެކަމަަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ކަންކަމަކީ ހުއްޓުމެއް އަންނާނެ ކަމެއްނޫން ކަމަށެވެ. ކޮންމެ ރަށަކަށް ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރުން ދެމިތިބޭނެކަމަށާއި، ތަފާތެއްނެތި ޚިދުމަތް ދިނުމަކީ މިސަރުކާރުގެ އަމާޒުކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހދ.އަތޮޅަށް އެކަނި ބެލި ކަމުގައި ވީނަމަވެސް 199 މަޝްރޫއެއް ކުރިއަށްދާކަމަށެވެ. އަދި އެ މަޝްރޫއުތަކުގެ އަގު 970 މިލިޔަން ރުފިޔާއަށް އަރާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ތަރައްގީގެ އެކި ބާވަތުގެ 199 މަޝްރޫއެއް ހިނގަމުން އެބަދޭ. މި މަޝްރޫއުތަކަށް މިހާތަނަށް ހަރަިދުވެއްޖެ 970 މިލިއަނަށްވުރެ ގިނަ ރުފިޔާ. މަޝްރޫއުތައް ނިމޭއިރު މި އަދަދު މިއަށް ވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެއް. މިއީ ހަނިމާދޫ އެއަރޕޯޓް މަޝްރޫއު ނުހިމަނައި ކުރިއަށްގެންދިޔަ މަޝްރޫޢުތަކުގެ އަދަދު." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތަކަކީ ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ހުށަހަޅާ މެނިފެސްޓޯތަކުގައި ލިޔެގެން ކުރަންޖެހޭ ކަންތައްތަކެއް ނޫންކަމަށާއި އެއީ ސަރުކާރުތަކުން ކުރަންޖެހޭކަމެއްކަމަށް ވިދާޅުވިއެވެ. އަދި މިސަރުކާރުން ވެރިކަމަށް އައުމުގެ ކުރިންވެސް ދިން އެންމެބޮޑު ޔަގީންކަމަކީ ހަމަ ހަމަކަމާއެކު ކޮންމެ ރަށަކަށްވެސް، އަތޮޅަކަށްވެސް، ސިޓީއަކަށްވެސް ޚިދުމަތްކޮށްދިނުންކަމަށާއި، އެ ވައުދު ސަރުކާރުން ފުއްދާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު