އިރުމަތީ އެފްރިކާގެ ގައުމެއްކަމަށްވާ މަލާވީއާއެކު ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކޮށްފިއެވެ.
ރާއްޖެއާއި މަލާވީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
މިކަމާއި ގުޅޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. މަލާވީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު ނެންސީ ޓެމްބޯއެވެ.
ހަރިޖިއްޔާއިން ބުނީ މަލާވީއާއެކު ގާއިމްކުރި ގުޅުމާއެކު ދެ ގައުމު ގުޅިގެން އެކި ދާއިރާތަކުން އެއްބާރުލުންދިނުމާއެކު، ބައިނަލްއަގުވާމީ މައިދާނުގައިވެސް ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.
އިރުމަތީ އެފްރިކާގައި އޮންނަ މަލާވީއަކީ 18.63 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ.
މަލާވީއަކީ ރާއްޖެއާއެކު ސިޔާސީ ގުޅުން ގާއިމްކުރި 182 ވަނަ ގައުމެވެ.

Was very pleased to sign the Joint Communique’ with FM of #Malawi, @nancygtembo, establishing diplomatic relations between the #Maldives & #Malawi
— Abdulla Shahid (@abdulla_shahid) September 24, 2022
This will open fresh avenues to enhance our cooperation in support of our shared interests.@ForeignMalawi pic.twitter.com/VEwfrcDsEY
ހަރިޖިއްޔާއިން ބުނީ މަލާވީއާއެކު ގާއިމްކުރި ގުޅުމާއެކު ދެ ގައުމު ގުޅިގެން އެކި ދާއިރާތަކުން އެއްބާރުލުންދިނުމާއެކު، ބައިނަލްއަގުވާމީ މައިދާނުގައިވެސް ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.
އިރުމަތީ އެފްރިކާގައި އޮންނަ މަލާވީއަކީ 18.63 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ.
މަލާވީއަކީ ރާއްޖެއާއެކު ސިޔާސީ ގުޅުން ގާއިމްކުރި 182 ވަނަ ގައުމެވެ.
ކިޔުންތެރިންގެ ހިޔާލު