އަސްކަރިއްޔާއިން ހޯދަމުންދާ ކާމިޔާބީއާއި ކުރިއެރުންތަކުގެ އަސްލަކީ، ރަޢީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދިވެހިރާއްޖޭގެ ދިފާޢާއި ސަލާމަތާއި، ދިވެހިރައްޔިތުންގެ ރައްކާތެރިކަމާއި ރާއްޖޭގެ ހަމަޖެހުމަށް ދެއްވާ އިސްކަމާއި، އެމަނިކުފާނުގެ ދުރުވިސްނޭ ހަރުދަނާ ސިޔާސަތުކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު ސިފައިން ތަމްރީނު ކުރުމަށް އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ހިންގި 68 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ. މާފިލާފުށީގައި ޤާއިމުކޮށްފައިވާ "ދަ ބޭސިކް ސްކޫލު" ގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.
މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވައި ކޯހުގެ ދަރިވަރުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
މާރިޔާގެ ވާހަކައިގައި ވިދާޅުވީ ޢަދަދުގެ ގޮތުން އަންހެން ސިފައިން އަދިވެސް ވަރަށް މަދުކަމަށާއި މިޙާލަތު ބަދަލުކުރުމަށް ކުރިމަގުގައި ރޭވުންތެރި މަސައްކަތްތަކެއް އަސްކަރިއްޔާއިން ކުރަންޖެހޭކަމަށެވެ. އަދި، ފުރުޞަތުތައް ގިނަ މިޚިދުމަތާއި ގުޅުމަށް މާރިޔާ ވަނީ ދިވެހި ކަނބަލުންނަށް އިލްތިމާސް ކުރަށްވާފަ އެވެ.
"ދިފާޢީ ދާއިރާގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށާއި ދިވެހި އަސްކަރިއްޔާއަކީ ދެ ޖިންސުގެ ޒުވާނުންނަށްވެސް ފުރުޞަތު ފަހި ޚިދުމަތަކަށް ހެދުމަށް އަޅުގަނޑުމެން ކުރަމުން މި ގެންދާ މަސައްކަތް، މާތްﷲގެ އިރާދަފުޅާއެކު، ހުއްޓުމެއްނެތި ކުރިއަށް ގެންދާނަން." މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ މިއަދު ދިވެހި އަސްކަރިއްޔާއިން ހޯދަމުންދާ ކާމިޔާބީ އާއި ކުރިއެރުންތަކުގެ އަސްލަކީ، އަދުގެ ރަޢީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދިވެހިރާއްޖޭގެ ދިފާޢާއި ސަލާމަތާއި، ދިވެހިރައްޔިތުންގެ ރައްކާތެރިކަމާއި ރާއްޖޭގެ ހަމަޖެހުމަށް ދެއްވާ އިސްކަމާއި، އެމަނިކުފާނުގެ ދުރުވިސްނޭ ހަރުދަނާ ސިޔާސަތުކަމަށެވެ. އެހެކަމުން، ދިފާޢީ ދާއިރާއަށް ދެއްވާ އިސްކަމާއި ސިފައިންނާމެދު ބަހައްޓަވާ ގާތްކަމަށްޓަކައި މާރިޔާ ވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަށްވާފަ އެވެ.
ތަމްރީން ފުރިހަމަ ކުރި ސިފައިންނާއި މުހާތަބުކުރައްވައި މާރިޔާ ވިދާޅުވީ ސިފައިން ފުރިހަމަކުރި ތަމްރީންގެ އެންމެ މުހިންމު މަޤްޞަދަކީ، އަސްކަރީ އަޚްލާޤަށާއި އަސްކަރީ ހުނަރަށް އަހުލުވެރިވެފައިވާ، ޤާނޫނު އަސާސީންނާއި ސިފައިންގެ ޤާނޫނުން ދިވެހި އަސްކަރިއްޔާއާއި މަތިކޮށްފައިވާ ދިވެހިރާއްޖޭގެ އަސްކަރީ އަދި މަދަނީ ދިފާޢާ ގުޅޭ އެންމެހާ މަސްއޫލިއްޔަތާއި ވާޖިބްތައް އަދާކުރާނެ މީހުން ބިނާކުރުންކަމަށެވެ.
"ތިޔަ ސިފައިން ވާންޖެހޭނީ ޚުލްޤު ހެޔޮ، ތެދުވެރި އަދި އަމާނާތްތެރި ބަޔަކަށް. ޤާއުމަށް އަމާނާތްތެރިވެ، ރައްޔިތުންނަށް އޯގާތެރިކަމާއެކު މަދަދުވެރިވެ، ރައްޔިތުން ރައްކާތެރިކުރެވޭނީ އޭރުން. ތިޔަ ސިފައިން ވާންޖެހޭނީ އަސްކަރީ އަޚްލާޤްގެ މަތީގައި ދެމިތިބޭ، މިތަމްރީނުން ލައިދެވުނު ހުނަރާއި ކުޅަދާނަކަން، މަތީ މިންގަނޑެއްގައި ދަމަހައްޓާ ބަޔަކަށް. ތިޔަކުދިން މިއަދު ފާސްވެގެންތިދަނީ، ތަމްރީނަށް އައިއިރު ހިތަށްވެސް ނާރާހާ ފިޓް ބަޔަކަށްވެގެން. މޮޅު ބަޑި ޖެހުންތެރިނަށް ވެގެން." މާރިޔާ ވިދާޅުވިއެވެ.
68 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ޤާސިމް އަރުޒަން ޝަކީބެވެ. ޝަހީދު އަލިރަސްގެފާނު ކޮމްޕެނީގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ޔައީޝް ސައިފުﷲ އެވެ. އަދި ޝަހީދު ޙުސައިން އާދަމް ކޮމްޕެނީގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް މުޙައްމަދު މުއާދެވެ.
މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް އަޒުމް ލައިދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދެވެ. ރަސްމިއްޔާތު ނިމިގެންދިޔައީ ސިފައިންގެ ލަވައާއި ޤައުމީ ސަލާމަށްފަހު 68 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ފާސްވެ ހިނގައިދިޔުމުންނެވެ. 68 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް ދަސްވެނިވެފައިވަނީ 185 ދަރިވަރުންނެވެ. އެއީ 168 ފިރިހެން ދަރިވަރުންނާއި 17 އަންހެން ދަރިވަރުންނެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާއެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމުގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު