މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ދެވަނަ "ޕިކްޕޯސްޓް" ހުޅުމާލޭގައި ހުޅުވައިފި އެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ދެވަނަ ޕިކްޕޯސްޓެއް ހުޅުމާލޭގައި ހުޅުވީ މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ޕިކްޕޯސްޓް ހުޅުއްވައި ދެއްވީ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެެ.

މިރޭގެ ހާއްސަ ހަފްލާއަށްފަހު ރަސްއޮންލައިން އަށް މައުލޫމާތު ދެއްވަމުން ޕޯސްޓް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހުމަދު އަދުޙަމް ވިދާޅުވީ، އިތުރު ޕިކްޕޯސްޓް އަކާއެކު ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޕޯސްޓް އޮފީސްވެސް މިހާރު ގާއިމުކޮށްފައި ހުންނާނީ އަމީން އެވެނިއުގައި ކަމަށެވެ. އަދި އާ ޕިކްޕޯސްޓާއެކު އެކުންފުނީގެ ޑެލިވަރީގެ ޚިދުމަތް އިތުރަށް ފުޅާވެެގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން އެކުންފުނީގެ ކަސްޓަމަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިތަނުން އަޅުގަނޑުމެންގެ އިތުރު ޚިދުމަތްތަކެއް ލިބިގެންދާނެ، އަދި މިކޮޅުގައި ކުރިން ދެމުންދިޔަ ޕޯސްޓް ޚިދުމަތާއި ޕޯސްޓް ޝޮޕް ވެސް ކުރިއަށްދާނެ." އަދުޙަމް ވިދާޅުވިއެވެެ.

ގްރޭޓާ މާލޭ ޓާމިނަލްގެ އިތުރުން ދެން ޕިކްޕޯސްޓު ސްޓޭޝަން ހުންނާނީ ވެލާނާގެއާއި ޕޯސްޓް އޮފީހުގެ އިތުރުން ހުޅުމާލޭގަ އެވެ. މޯލްޑިވްސް ޕޯސްޓްގެ ޕިކްޕޯސްޓުގެ ހިދުމަތަކީ ރައްކާތެރިކަމާއި އިތުބާރާއެކު ޕޯސްޓަލް ޕެކޭޖް ރައްދުކުރުމަށްޓަކައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ސްޓޭޝަންތަކެކެެވެ.



ކިޔުންތެރިންގެ ހިޔާލު