ކުރީގެ ޑިފެންސް މިނިސްޓަރ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ މުޅި ހަޔާތް ހޭދަ ކުރެއްވީ ރައްޔިތުންނަށް ހިމާޔަތް ދިނުމުގައި ކަމަށް އެމްއެންޕީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ނާޒިމް ގައުމަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަން ކުރައްވަމުން ޝަރީފް މިއަދު ވިދާޅުވީ، ނާޒިމްގެ މުޅި ހަޔާތް ހޭދަ ކުރެއްވީ، ގައުމީ ދިދަ، ގައުމީ ލަވަ، ގައުމުގެ ފަސްގަނޑު، ގައުމުގެ ރައްޔިތުންނާއި އެ މީހުންގެ އާއިލާތަކަށް ހިމާޔަތް ދިނުމުގައި ކަމަށެވެ.
އަދި އަސްކަރިއްޔާގައި ހިދުމަތް ކުރެއްވިއިރު ނާޒިމަށް ލިބިވަޑައިގެންފައިވާ މެޑަލްތައް ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވަމުން ޝަރީފް ވިދާޅުވީ، ނާޒިމްގެ މޭމަތީގައި ޖަހާފައި އެވާ ކުލަބަރިތަކާއި ތަރިތަކަކީ ގައުމީ ތަރިކަ ކަމަށެވެ. އަދި އެއީ ކިތަންމެ ބޭނުންވިޔަސް އަނބުރާ އަތުލެވޭނެ އެއްޗެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު، ހޮނިހިރު ދުވަހު ނިންމާލި އެމްއެންޕީގެ “ދި ނޭޝަނަލް ކޮންވެންޝަންސް” ނިންމުމުގެ ޖަލްސާގައި ނާޒިމް ދެއްކެވި ވާހަކައަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.
ހާއްސަ ގޮތެއްގައި ބޯހިޔާވަހިކަމުގެ ސިޔާސަތާއި ގުޅެގޮތުން ނާޒިމް ދެއްކެވި ވާހަކަ ގިނަބަޔަކު ބަލައިގަނެފައިވާކަން މީސްމީޑިއާގައި ދަނީ ހާމަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު