ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުންދާ ޒުވާނާ އެންމެ ފަހުން ފެނިފައި ވަނީ ފޭސް އެކެއްގެ "ރެޑްބުލް ދަނޑު" ސަރަހައްދުން ކަމަށް ފުލުހުން ބުނެފި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ފުލުހުން ހޯދަމުން ދަނީ ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ، އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާންއެވެ. އަޒްހާން ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 19:00ހާއިރު ކަމަށް ފުލުހުން ބުނެއެެވެ.
ފުލުހުންގެ އިދާރާއިން މިރޭ ބުނީ މިހާތަނަށް ބެލި ބެލުމުން އަޒުހާން ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓްހައުސްއަކުން ކާރެއްގައި ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރަށް ގޮސް، އެޓަވަރަށް އެރުމަށްފަހު ފަތިހު 4:53 ހާއިރު އެޓަވަރު ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރައިގެން ފޭސް އެކެއްގައި އޭނާ ހުރި ގެސްޓްހައުސް ސަރަހައްދަށް އެނބުރި ގޮސްފައިވާ ކަމަށެވެ.
އެ ދެ ކާރުގެ ޑްރައިވަރުން މިހާރު ދެނެގަނެވިފައިވާ ކަމަށާއި އަދި އެންމެފަހުން އަޒުހާން ފެނިފައިވާ ސަރަހައްދު ވެސް ދެނެގަނެވިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އެގޮތުން އެ ސަރަހައްދަކީ ފޭސް އެކެއްގެ "ރެޑްބުލް ދަނޑު" ސަރަހައްދު ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އަޒުހާން ވައިގެ މަގުން ރާއްޖޭގެ އެހެން އަތޮޅަކަށް އަދި ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައިނުވާކަން މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގިފައިވާ ކަމަށެވެ.
އަޒުހާން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު އޭނާ އެންމެފަހުން ފެނުނު ކަމަށް ބެލެވޭ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އަޒުހާން އެންމެފަހު ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެެވެ.

ކިޔުންތެރިންގެ ހިޔާލު