ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ހިންގަން ނިންމާފައިވާ ބޮޑު މަޝްރޫއާއެކު މުޅި ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އިކޮންމިކް މިިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ހިންގަން ނިންމާފައިވާ ބޮޑު މަޝްރޫއުގައި މިރޭ ވަނީ ސޮއިކޮށްފައެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ. މި ރަސްމިއްޔާތުގައި ދެއްކި ވީޑިއޯ ޕްރެޒެންޓޭޝަނެއްގަައި އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީވެގެންދިޔުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެެއް ކަމަށާއި އެ އުއްމީދުގައި ކުލަޖެހެމުންދާ ކަމަށެވެ. އަދި މި މަޝްރޫއާއެކު މުޅިރާއްޖޭގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ހަނިމާދޫ އެއާޕޯޓް މަޝްރޫއަކީ އުތުރަކީ މައި އިގްތިސާދީ ހަބަކަށް ވެގެންދާނެ މަޝްރޫއެއް ކަމަށް ފައްޔާޒު ވިދާޅުވިއެެވެ.
"އަދި މިވަގުތު އުތުރުގެ އިގްތިސާދު ކުރިނާރައި އޮތް އޮތުމަށް ވަރަށް ބޮޑެތި ހައްލުތަކެއް ލިބެމުންދާނެ. މި އެއާޕޯޓާއި އެއްކޮށް އުތުރަކީ ދިވެހި ރާއްޖޭގެ އެންމެ ވަރުގަދަ އެއް އިގްތިސާދީ ހަބަށް ވެގެންދާނެ ކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫން." ފައްޔާޒު ވިދާޅުވިއެވެ.
ސަރުކާރުން ބުނީ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަޑި ސިފަވާނެ ފަދަ ދިވެހިވަންތަ ފަރުމާއަކަށް ހަދާ މި އެއާޕޯޓު ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ވަސީލަތްތަކާއެކުގައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު