ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅު މާދަމާ ފަށްޓަވަން ނިއްމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް ރައީސް ސާލިޙު ކުރައްވާ ދަތުރުފުޅެއްގައި މާދަމާ ފައްޓަވާނެ ކަަމަށެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ހދ. ފިނޭ، ހދ. ނައިވާދޫ، ހއ. އުތީމު އަދި ހއ. ދިއްދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެެ.





މިއުވާން ވިދާޅުވީ ރައީސްގެ ‏މިދަތުރުފުޅުން ބޮޑު ތިލަދުންމައްޗަށް މި ސަރުކާރުން ގެންނަ ބޮޑު ބަދަލާއެކު، ޖަޒީރާ ވިއަވަތި ރާއްޖެއަކަށް ވާސިލްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ފުރިހަމަ މަންޒަރު މި ރަށްތަކުން ފެނިގެންދާނެ ކަމަށެވެ. ރައީސްގެ މިދަތުރުފުޅުގައި، ބޮޑު ތިލަދުންމަތީގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު