ހިޔާ ސަރަހައްދުގައި ހިޔާ ޕާކް ތަރައްޤީކުރުމާއި ފޭސް އެކެއްގައި ބީޗް ބުލެވާޑް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފިއެެވެ.
ހިޔާ ސަރަހައްދުގައި ހިޔާ ޕާކް ތަރައްޤީކުރުމާއި ފޭސް އެކެއްގައި ބީޗް ބުލެވާޑް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކޮށް އެޗްޑީސީއާއި އެކުންފުންޏާއި ދެމެދު ސޮއިކުރީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކެވެ.
އެޗްޑީސީން ބުނީ ހިޔާ ސަރަހައްދުގައި ހިޔާ ޕާކް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން ގާޑަން އޭރިއާ، އެލެވޭޓެޑް ޕާތްވޭ އަދި ޕްލާޒާ ހެދުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ކަމަށެވެ. އަދި ބީޗް ބުލެވާޑްގެ މަސައްކަތުގެ ތެރޭގައި ޕާތްވޭސް، ރޭމްޕް އަދި ލައިޓް ހަރުކުރުމުގެ މަސައްކަތް ހިމެނޭއިރު މި ޕްރޮޖެކްޓްގެ މަސައްކަތް އެއް އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް އެތަނަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން އެޗްޑީސީން ވަނީ އާންމުންގެ ހިޔާލު ހޯދައި އާންމުން އެންމެ ބޭނުންވާގޮތަށް އެކި ތަންތަން ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު