ބަންގްލަދޭޝްގެ އަލަމްގިރިއާއިއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ އަމަލު ހިންގި މީހުންގެ ތެރޭގައި ހިމެނޭ 5 މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ބްލެކްމެއިލް ކުރުމުގެ އަމަލު ހިންގި މީހުން ހޯދާ އެ މީހުން ހައްޔަރު ކުރުމަށް އޮޕަރޭޝަނެއް ހިންގާ ކަމަށް ފުލުހުން ބުނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.
އެ އޮޕަރޭޝަންގެ މައުލޫމާތު ދެމުން ފުލުހުން މިއަދު ބުނީ، އެ އޮޕަރޭޝަންގައި މިހާތަނަށް ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހުންގެ މައުލޫމާތު ފުލުހުން އާންމުކުރިއިރު ތިން މީހެއްގެ ފޮޓޯއާއި ވަނަވަރުވެސް ވަނީ އާންމުކޮށްފައެވެ.
އެމީހުންގެ ތެރެއިން ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި ކޯޓުން ދޫކޮށްލުމުން އެ މީހުންގެ މައުލޫމާތު ފުލުހުން އާންމެއް ނުކުރިއެވެ.
ފުލުހުން ވަނަވަރު އާންމުކުރި ތިން މީހުންނަކީ ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުﷲ (37އ) އާއި ބ. ދަރަވަންދޫ، ހީމަ، މުހައްމަދު މިހާދު މުސްތަފާ (24އ) އަދި ށ. ފުނަދޫ، ސީސްޓާ، މައުމޫން މޫސާ (41އ) އެވެ.
މިދިޔަ އޭޕްރީލް މަހުން ފެށިގެން އެ ވީޑިއޯތައް ބޭނުން ކޮށްގެން ބަޔަކު ދިޔައީ ބްލެކްމެއިލް ކުރުމުގެ އަމަލުތައް ހިންގަމުންނެވެ. އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް އާންމު ކުރާނެ ކަމުގެ އިންޒާރު ދިނުމުން ބައެއް މީހުން ވަނީ އެ ވީޑިއޯތައް ފުހެލަން ޝަރުތުކޮށް އެތައް ހާސް ރުފިޔާއެއް އެ މީހުންނަށް ދީފައެވެ. އެކަމުގައި އިސްކޮށް އުޅެފައިވަނީ އަލަމްގީރު އުޅުނު ގެ ބަލަހައްޓަމުން ދިޔަ މީހާ ކަމަށް ފުލުހުންނަށް ދިން ބަޔާނެއްގައި އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު