ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް ބޮޑުހިލައިގެ ފަހު ޝިޕްމަންޓް ގެންގޮސްފިއެވެ.

މިމަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނީ ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށެވެ. އަދި، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ވަނީ 66 އިންސައްތަ ނިމިފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.



އެމްޓިސީސީން ބުނީ މި މަޝްރޫއުގެ ދަށުން، ފަތާ ސަރަހައްދެއް ތަރައްގީ ކުރުމާއި، 870 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

މި މަޝްރޫޢަކީ 19.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން