ސަރުކާރުގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ފާތިމަތު ރަޒީނާ އިސްތިއުފާދެއްވައިފިއެވެ.

ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުން ރަޒީނާ އިސްތިއުފާދެއްވާފައި މިވަނީ އެ މަގާމުގައި 6 އަހަރު ހޭދަކުރެއްވުމަށްފަހުއެވެ.

ސަރުކާރުގެ ހިދުމަތުގައި 20 އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާ ރަޒީނާ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރެއްވީ ޖުލައި، 5، 2016 ގައެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރަޒީނާ ވިދާޅުވީ މިދިޔަ ހަފުތާގައި މަގާމުން ވަކިވެވަޑައިގަތީ ރާއްޖެއިން ބޭރުގައި ޕީއެޗްޑީ އަށް ކިޔަވާވިދާޅުވާން ކަމަށެވެ. ޕީއެޗްޑީ ހައްދަވަނީ ފައިނޭންސާއި އެކައުންޓިންގެ ދާއިރާއިންނެވެ.

ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތަކީ ދައުލަތުގެ ފައިސާ އާއި ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް، އޮޑިޓަޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ބަލަހައްޓައި ހިންގުމެވެ. އަދި ދައުލަތުގެ މުދާ ގަނެވެނީ ނުވަތަ ރައްކާތެރިކަމާ އެކު ބެލެހެއްޓެނީ ނުވަތަ ބޭނުންކުރެވެނީ ނުވަތަ ވިއްކައި ނައްތާލަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން