އަހުމަދު މަސްނޫމް   25 ސެޕްޓެމްބަރު 2022 - 15:5
ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ބާރަށް ކުރިއަށްދާކަމަަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓިސީސީން ބުނީ ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ފަތާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށެވެ. އަދި، ބޭރުތޮށި ލުމުގެ މަސައްކަތުގެ 65 އިންސައްތަ ނިމިފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.



އެމްޓިސީސީން ބުނީ މި މަޝްރޫއުގެ ދަށުން ފަތާ ސަރަޙައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމާއި، 110 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭކަމަށެވެ.



މިއީ 41.1 މިލިޔަން ރުފިޔާގެ މަޝްރޫޢެއްކަމަށް އެމްޓިސީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން