ހުޅުމާލެ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އިމާރާތް ކުރާ ފްލެޓްތަކަށް ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހެންވޭރު ދަނޑުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އިމާރާތް ކުރާ ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މުވައްޒަފުންނަށް ފްލެޓް ހަމަޖެހި ފްލެޓަށް ފައިސާ ދެއްކުމަށް ގިނަ ގޮތްތަކެއް ހަމަޖައްސާފައިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ނިމިގެން ދިޔަ ސަރުކާރުން އެމްޕީއެލްގެ ހިޔާ މަޝްރޫއު ފެށިއިރު އޮތީ މުވައްޒަފުން އެއްފަހަރާ ފައިސާ ދައްކަން ޖެހޭ ގޮތަށް ނުވަތަ ބޭންކް މެދުވެރިކޮށް ފައިސާ ދައްކާ ގޮތަށްކަމަށެވެ. ނަމަވެސް މިސަރުކާރުން ވަނީ 20 އަހަރު ދުވަހަށް ފައިސާ ދެއްކުން ބަހާލާފައި ކަމަށާއި، އެކަމަށް އެމްޕީއެލްއިން ޚާއްސަ ފައިނޭންޝަލް ސްކީމެއް ތައާރަފް ކޮށްފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ފްލެޓްތަކުގެ ޑައުންޕޭމަންޓާ ގުޅޭ ޝަކުވާތަކެއް މުވައްޒަފުންގެ ކިބައިން ލިބިފައިވާކަމަށައި އެ ޝަކުވާތަކަށް ރިއާޔަތްކޮށް އެމްޕީއެލްއިން ފްލެޓްތަކަށް ޑައުންޕޭމަންޓް ދެއްކުމަށް ހަތަރު އޮޕްޝަނެއް ތައާރަފް ކޮށްފައިވާކަމަށެވެ. އަދި އެކަމަށް މިހާރު ހައްލު ގެނެސް ގޮތްތަކެއް ހަމަޖައްސައިދީފައިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެމް.ޕީ.އެލުން ތަރައްޤީކުރީ 15 ބުރީގެ 3 ޓަވަރެވެ. މީގެ ތެރޭގައި 1 ކޮޓަރީގެ 204 ފްލެޓާއި 3 ކޮޓަރީގެ 330 ފްލެޓް ހިމެނެއެވެ. މި ފްލެޓްތަކަށް ޝަރުތު ހަމަވި މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބުނު މުވައްޒަފުންގެ ލިސްޓުތައް އެކުންފުނިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން