ހުޅުމާލެ ނެރުމަތިން ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ދެންމެ ބުނީ، މިރޭ 6:55 ހާއިރު ހުޅުމާލެ ނެރުމަތިން، ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި، އޭގެ ތެރެއިން އެއް ލޯންޗަކީ 7 މީހުނާއެކު ދަތުރުކުރި ކުޑަ ލޯންޗެއްކަމަށެވެ.

އަދި އެ ލޯންޗްގައި ތިބި 4 މީހަކަށް އަނިޔާވެގެން އޭގެތެރެއިން 2 މީހަކަށް ހުޅުމާލެ ހޮސްޕިޓަލްގައި އަދި އަނެއް 2 މީހުނަށް ޓްރީޓޮޕްގައި ފަރުވާ ދެމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ، ދިވެހި ދެ ފިރިހެނުންނާއި، ބިދޭސީ ފިރިހެނަކާ އަންހެނެއް ކަމަށެވެ.

މި ހާދިސާގައި ދެ ލޯންޗަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

އަނިޔާވި މީހުންނަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން