އިބްރާހިމް ފަހީމް   24 ސެޕްޓެމްބަރު 2022 - 22:58
ގިނަ އަދަދެއްގެ ފިރިހެނުންނާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ދައުލަތުން ދައުވާކުރާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރުގެ މައްޗަށް އުފުލި 40 ދައުވާއަށް އޭނާ އިއުތިރާފު ވެއްޖެއެވެ.

އެއްޖިންސުން ގުޅުންހިންގި މައްސަލާގައި އަހަރު ދުވަހުގެ ޖަލު ހުކުމެއް މިހާރުވެސް ތަންފީޒު ކުރަމުންދާ އަލަމްގީރުގެ މައްޗަށް ދެން އުފުލާފައިވަނީ އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާއެެވެ.

އެ ދައުވާތަކުގެ އަޑުއެހުންތައް މިއަދު ކްރިމިނަލް ކޯޓުގައި ފެށިނަމަވެސް، އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ އާންމުންނަށް ނުވަދެވޭނެހެން ސިއްރު ކޮށްގެނެވެ.

މިއަދު އޮތް އަޑުއެހުމުގައި ވަކިވަކިން ކޮށްފައިވާ ސާޅީސް ދައުވާއަށް އަލަމްގީރް ވަނީ އިއުތިރާފުވެފައެވެ.

އެހެންވެ، މި މައްސަލައިގައި ދެން އޮންނާނީ އޭނާގެ މައްޗަށް ހުކުމް ކުރުމެވެ.

މީގެ ކުރިން ދައުލަތުން އަލަމްގިރްގެ މައްޗަށް އުފުލީ އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއެވެ.

އަލަމްގީރާއެކު ގުޅުން ހިންގި މައްސަލާގައި މިހާތަނަށް ތިން މީހަކަށް ދައުވާ އުފުލާފައިވެއެވެ. އެއީ ގާނޫނީވަކީލް ނާޒިމް އަބްދުއްސައްތާރާއި ކުރީގެ މެންބަރު ނަޝީދުގެ އިތުރުން ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރި އަބްދުއްރަހްމާން ރަފީއުގެ މައްޗަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން