އިބްރާހިމް ފަހީމް   24 ސެޕްޓެމްބަރު 2022 - 21:57
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު، ހަސަންޓޭ ވިދާޅުވެއްޖެއެވެ.

ރ. ރަސްމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ހުސްވެފައިވާ މަގާމަށް އެމްޑީޕީން ކުރިމަތި ލާފައިވާ ކެންޑިޑޭޓަށް ކެމްޕޭން ކޮށްދިނުމަށް އެ ރަށަށް ވަޑައިގެން ހުންނަވާ އާންމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، ދުނިޔެއަށް ދިމާވެފައިވާ މި ދަތި ހާލަތުގައި ވެސް މި ސަރުކާރުން ދަނީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެެސް ތަރައްގީގެ މަޝްރޫއުތައް ހިންގަމުން ކަމަށެވެ.

އެހެންކަމުން، 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ﷲ ގެ އިރާދަފުޅާއެކު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެކަމަށް ޙަސަން ވިދާޅުވިއެވެ.

ހަސަަންގެ އިންޓަވިއުގައި ރައީސް ޞާލިޙްގެ ސަރުކާރުން އިނގުރައިދޫ ދާއިރާގެ ރަށްރަށުގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ވަކިވަކިން ފާހަގަ ކުރައްވާފައި ވެއެވެ.

އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ޙަސަން ވިދާޅުވިނަމަވެސް، ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ތާއީދު ކުރައްވަނީ ކޮން ބޭފުޅަކަށް ކަމެއް ވިދާޅެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން