ހުޅުމާލޭގައި މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެޕޯލޯ ފްލެޓްތައް ފިޔަވައި އެހެން ހުރިހާ ހައުސިން މަޝްރޫއެއް ފެށީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަން ކުރެއްވި ޑރ.މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ، ހުޅުމާލޭގައި މި ސަރުކާރުން އިމާރާތް ކުރަމުންދާ ހައުސިން މަޝްރޫއުތަކުގެ ތަފްސީލްތައް ހިމެނޭ ވީޑިއޯ އެއް ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ހިއްސާކުރެެއްވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެެވެ. މި ސަރުކާރުގައި ހުޅުމާލޭގައި ޖުމްލަ 11،581 ހައުސިން ޔުނިޓެއް ގާއިމް ކުރެވިގެންދާނެ ކަމަށް ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން އާންމުކުރި އެ ވީޑިއޯގައި ވަނީ ބުނެފައެެވެ.



އެކަމާ ގުޅިގެން ޑރ. މުއިއްޒު ވިދާޅުވީ އެ ކްލިޕުން ފެންނަ ހިނގަމުންދާ މަޝްރޫއުތަކުގެ ތެރެއިން އެޕޯލޯ ހޯލްޑިންގްސް ހައުސިން މަޝްރޫއު ފިޔަވައި ދެން ހުރީ މުޅިން ވެސް ރައީސް ޔާމީންގެ ސަރުކާރުގައި ހަމަޖެހިފައި ހުރި ނުވަތަ ފައްޓާފައިވާ މަޝްރޫތައް ކަމަށެވެ. އަދި ކުރިއަށް ރާވާފައިވާ ހައުސިން މަޝްރޫއުތަކުގައި ވެސް ރައީސް ޔާމީންގެ ދައުރުގައި ހަމަޖެހިފައިހުރި މަޝްރޫތައް ގިނަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން