ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ރިޕޯޓްކުރިތާ 5 ދުވަސްވީއިރުވެސް ފުލުހުން އޭނާ އަދިވެސް އޭނާ ނުހޯދޭކަމަށް ހާމަކޮށްފިއެވެ.

މުހައްމަދު އަޒުހާން (27އ) ނަމަކަށް ކިޔާ ޒުވާނަކު ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

ނަމަވެސް އޭނާ ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން އެދިފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުންދާ ޒުވާނާ އަދިވެސް ނުފެންނަކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެެވެ. ނަމަވެސް ކުރާ މަސައްކަތުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން