މަގުތަކާއި އާންމު ތަންތަން ސާފުކުރަން ވެމްކޯއާއެކު މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އާނުކުރަން ނިންމުމާއި ގުޅިގެން ވެމްކޯގެ އެތަށް ބަޔެއްގެ ވަޒީފާ ގެއްލިގެންދާތީ އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ހުށައަޅައިފިއެވެ.
މަގުތަކާއި އާންމު ތަންތަން ސާފުކުރަން ވެމްކޯއާއެކު މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރު ޑިސެމްބަރު މަހަށް ހަމަވާތީ މާލޭ ސިޓީ ކައުންސިލުން ވަނީ އެއްބަސްވުމުގެ މުއްދަތު އާ ނުކުރުމަށް ފާސްކޮށްފައެވެ. އަދި އޭގެފަހުން ސިޓީ ކައުންސިލުން އަމިއްލައަށް ކުނި ނެގުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެ ކައުންސިލުން ވަނީ ނިންމާފައެެވެ.
ސިޓީ ކައުންސިލުގެ ނިންމުމާއި އެކު ވެމްކޯގެ ކުނިކެހުމުގައި މަސައްކަތް ކުރާ އެތައް ބަޔެއްގެ ވަޒީފާ ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ހުށައެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. ރޮޒައިނާ ވިދާޅުވީ، މާލޭ ސިޓީކައުންސިލް އުފެއްދީ ނިކަމެތި އަންހެނުންތަކަކަށް އަނިޔާވެރިވާން ނޫން ކަމަށެވެ.
"ކޮންމެ ކަމެއްގައި ވެސް ނިކަމެތި ހާލުގައި އުޅޭ އަންހެނުންނަށް މި ޓާގެޓްކުރަނީ ކޮން މޮޅެއް ހޯދަންތޯ؟ މިމައްސަލަ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށައަޅައިފިން،." މިނިވަން މުވައްސަސާ ތަކާއި ބެހޭ ކޮމެޓީގެ މުގައްރިރުކަން ވެސް ކުރަށްވާ ރޮޒައިނާ ވިދާޅުވިއެެވެ.
މާލޭގެ އިތުރުން ވިލިމާލޭގައި ވެސް މަގުތައް ސާފުކުރުމުގައި ވެމްކޯގެ 30 ވަރަކަށް މުވައްޒަފުން ހަރަކާތްތެރިވެއެވެ. މާލޭގައި 150 އެއްހާ މުވައްޒަފުންނާއި، ސުޕަވައިޒަރުންނާއެކު ޖުމްލަ 200 އެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ.
މި މަސައްކަތުގައި ހަރަކާތްތެރިވާ 95 އިންސައްތަ މުވައްޒަފުންނަކީ އަންހެނުންނެވެ. އަދި މި ފަރާތްތަކުގެ ތެރޭގައި ވެސް ގިނައީ އެކަނިވެރި މައިން ކަން ފާހަގަކޮށްލެވެއެވެ. ކުނިކަހާ ވަޒީފާ އަށް ނިކުންނަ ފަރާތްތަކުން އާއިލާގެ ކަންކަން ބަލަހައްޓަނީ އެ ފަރާތްތަކަށް ލިބޭ މުސާރަކޮޅުންނެެވެ.

Migothah nikamethi anhenunnaa dheytherey aniyaaveri vaakah noon city councileh ufehdhee.
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) September 23, 2022
Konme kamegga enme nikamethi haaluga ulhey anhenun mi target kuranee kon molheh hoadhantho?
Mi massala majleehuge HR committee ah husha alhaifin. https://t.co/mcg2K4wNPG
"ކޮންމެ ކަމެއްގައި ވެސް ނިކަމެތި ހާލުގައި އުޅޭ އަންހެނުންނަށް މި ޓާގެޓްކުރަނީ ކޮން މޮޅެއް ހޯދަންތޯ؟ މިމައްސަލަ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށައަޅައިފިން،." މިނިވަން މުވައްސަސާ ތަކާއި ބެހޭ ކޮމެޓީގެ މުގައްރިރުކަން ވެސް ކުރަށްވާ ރޮޒައިނާ ވިދާޅުވިއެެވެ.
މާލޭގެ އިތުރުން ވިލިމާލޭގައި ވެސް މަގުތައް ސާފުކުރުމުގައި ވެމްކޯގެ 30 ވަރަކަށް މުވައްޒަފުން ހަރަކާތްތެރިވެއެވެ. މާލޭގައި 150 އެއްހާ މުވައްޒަފުންނާއި، ސުޕަވައިޒަރުންނާއެކު ޖުމްލަ 200 އެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ.
މި މަސައްކަތުގައި ހަރަކާތްތެރިވާ 95 އިންސައްތަ މުވައްޒަފުންނަކީ އަންހެނުންނެވެ. އަދި މި ފަރާތްތަކުގެ ތެރޭގައި ވެސް ގިނައީ އެކަނިވެރި މައިން ކަން ފާހަގަކޮށްލެވެއެވެ. ކުނިކަހާ ވަޒީފާ އަށް ނިކުންނަ ފަރާތްތަކުން އާއިލާގެ ކަންކަން ބަލަހައްޓަނީ އެ ފަރާތްތަކަށް ލިބޭ މުސާރަކޮޅުންނެެވެ.
ކިޔުންތެރިންގެ ހިޔާލު