ރާއްޖޭގައި ދިރިއުޅޭ މީހުންގެ މައުލޫމާތު ނެގުމަށް ފަށާފައިވާ ބޯހިމެނުމުގެ މަސައްކަތުގެ ތެރެއިން އަތޮޅުތެރޭގައި ކުރިއަށްދާ ބޯހިމެނުމުގެ މަސައްކަތުގެ 99 އިންސައްތަ ނިމިފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހާމަކޮށްފިއެވެ.
ބޯހިމެނުމުގެ މަސައްކަތް ރާއްޖޭގައި ފެށީ މިމަހުގެ 13 ވަނަ ދުުވަހުއެވެ.
13 ވަނަ ދުުވަހު މި މަސައްކަތް ފަށާފައިވާއިރު މި މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވަނީ މިމަހުގެ 27 ވަނަ ދުވަހަށެެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސަނުން ބުނީ ބޯހިމެނުމުގެ މަސައްކަތުގައި މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އަތޮޅުތެރޭގެ ރަށްތަކުގައި ބޯހިމެނުމުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި އަތޮޅު ތެރޭގައި ބޯހިމެނުމުގެ މަސައްކަތް ކާމިޔާބު ކަމާއިއެކު ނިންމުމުގައި ކައުންސިލްތަކާއި، އާންމު ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިގެން ގޮސްފައިވާކަމަށް އެ ބިއުރޯއިން ބުނެއެވެ.
ސްޓެޓްސް ބިއުރޯއިން ބުނީ ބޯހިމެނުމަށް މައުލޫމާތުތައް ނަގާފައިވަނީ ޓެބްލެޓްތަކުގައި ކަމަށްވުމުން، މިހާރު މަސައްކަތް ކުރަމުންދަނީ ޓެބްލެޓްތައް މާލެ ގެނެސް މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތްކަމަށެވެ.
އަތޮޅުތަކުގެ ބޯހިމެނުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު މާލެ އާއި ހުޅުމާލެ ސަރަހައްދުގައި ބޯހިމެނުމުގެ މުއްދަތު ވަނީ މިމަހުގެ 27 ވަނަ ދުވަހަށް އިތުރުކޮށްފައެވެ.
ބޯހިމެނުން 2022 ގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) ގެފަރާތުންނެވެ.
މިފަހަރުގެ ބޯހިމެނުމުގެ ޢަމަލީ މަސައްކަތުގައި 4000 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު