މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.15 މިލިއަނަށް އަރައިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 78،548 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރީ 84،133 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ގައުމަކީ އިންޑިއާ ކަމަށެވެ. އެ ގައުމުން 163،717 މީހުން މިހާތަނަށް ރާއްޖެ އައިސްފައިވާއިރު ދެވަނަ އަށް އެންމެ ގިނައިން މީހުން އައިސްފައިވަނީ ރަޝިޔާ އިންނެވެ. އެ ގައުމުން 137،501 މީހުން ރާއްޖެ އަށް ވަނީ ޒިޔާރަތްކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ 164 ރިސޯޓެއް އޮޕަރޭޓްކުރެެެއެވެ. ރިސޯޓްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 40،053 އެނދު އޮޕަރޭޓްކުރަމުންދާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން މިހާތަނަށް 866 ހޮޓަލަކާއި ގެސްޓްހައުސް އެއް އަދި 154 ސަފާރީއެއްގައި 2864 އެނދު ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ކަަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު