އިބްރާހިމް ފަހީމް   23 ސެޕްޓެމްބަރު 2022 - 19:42
ރ. އަތޮޅުގައި ހިންގާ ބްރެއްނިއާ ކޮއްޓަފަރު ރިސޯޓުގެ ބާއެއް ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި އިމާރާތް އަނދާ އަޅިއަށް ވެއްޖެއެވެ.

އެމްްއެންޑީއެފުން މިއަދު ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ، ރޭ ދަންވަރު 01:12 ހާއިރު ކަމަށާއި، ރިޕޯޓު ލިބުމާއެކު ނޮދަން އޭރިއާ ކޮމާންޑްގެ ޅ. ނައިފަރު ފަޔަ ސްޓޭޝަނުން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.

ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަމަނުންނަށް އެ ރިސޯޓަށް ދެވުނީ ރޭ ދަންވަރު 02:46 ހާއިރު ކަމަށާއި އޭރު ރިސޯޓްގެ ފަޔަ ސްކޮޑުން ވަނީ އެ ހާދިސާގެ 90 އިންސައްތަ ކޮންޓްރޯލްކޮށްފައި ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.  

 

ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ހަަތަރުގަޑިއިރުފަހުން، ރޭ ފަތިހު 04:05 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު