ކުރީގެ ރައީސް ޔާމީނާއިއެކު ދުވަހަކުވެސް މަސައްކަތް ނުކުރައްވާނެކަމަށް ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި، އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ނާޒިމް މިއަދު ވިދާޅުވީ، ރައީސް ޔާމީނާއެކު ދުވަހަކުވެސް މަސައްކަތް ނުކުރައްވާނެ ކަމަށާ އެއީ ކުރިން ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.
އަދި ނާޒިމް އެފަދައިން ވިދާޅުވާތީ، ތިއީ ސިޔާސީ ކަމެއް ކަމަށާއި ފަހުން ބަދަލުވެދާނޭ މީހުން ބުންޏަަސް، ޔާމީނާއެކު ދެން މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވާކަމަށް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، މަސައްކަތް ނުކުރައްވަން ނިންމެވީ ޔާމީންގެ ހަގީގަތް އެނގިވަޑައިގަންނަވާތީ ކަމަށެވެ.
އަދި އޭނާއަށް ކުރެވުނު ތަޖުރިބާގައި، ރައީސް ޔާމީނަށް ދެން މި ގައުމަށް ހިދުމަތެއް ކޮށްދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ނާޒިމަކީ ކުރިން ރައީސް ޔާމީނާއި ވަރަށް ގާތް ބޭފުޅެކެވެ. ނަމަވެސް، ޔާމީންގެ ވެރިކަމުގައި، ނާޒިމް ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް އޭނާގެ ގެއިން ފިސްތޯލައެއް ފެނުންކަމަށްބުނާ މައްސަލައެއްގައި މަގާމުން ވަކިކޮށް އެމައްސަ ތަހުގީގުކޮށް ހުކުމް އިއްވައި ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރަށްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު