ސައުދީ އަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ފައިސަލް ބިން ފަރްހާން އަލް ސައުދުއަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ޝާހިދު ފޮނުއްވި މެސެޖުގައި ވިދާޅުވީ ސައުދީ އަރަބިއްޔާގެ 92 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައްޔިތުންނާއި ސަރުކާރަށް ތަހުނިޔާ ދެންނެވުމަކީ ލިބިވަޑައިގަންނަވާ އުފަލެއްކަމަށެެވެ.



ޝާހިދުގެ މެސެޖުގައި ރާއްޖެއާއި ސައުދީއަކީ ގާތް އަޚުވަންތަ ގުޅުމެއް އޮތް ދެ ޤައުމުކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައި އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީންކުރައްވާކަމަށް ވިދާޅުވިއެވެ.



ސައުދީ އަރަބިއްޔާގެ ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހެވެ.

ސައުދީގެ ޤައުމީ ދުވަސް ފާހަަގަކުރަނީ 1932 ވަނަ އަހަރު އެ ޤައުމުގެ ނަން ކިންޑަމް އޮފް ސައުދީ އަރަބިއާއަށް ބަދަލުކުރިކުރި މުނާސަބަތާ ގުޅުވައިގެނެވެ. އަދި 2005 ވަނަ އަހަރުން ފެށިގެން އެއީ ބަންދުދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު