އަހުމަދު މަސްނޫމް   23 ސެޕްޓެމްބަރު 2022 - 10:16
ރާއްޖެއިން އިމްޕޯޓްކުރި މުދަލުން ދައުލަތުން ލިބުނު އާމްދަނީ މިދިޔަމަހު އިތުރުވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓުމަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ އޮގަސްޓުމަހާ އަޅާބަލާއިރު 48 އިންސައްތަ އިތުރެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮގަސްޓުމަހު ރާއްޖެއަށް 3.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ އޮގަސްޓުމަހު ރާއްޖެއަށް 4.8 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ، ޔޫ.އޭ.އީ އަދި ސިންގަޕޫރެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އިމްޕޯޓުކޮށްފައި ވަނީ މެޝިނަރީއާއި އިލެކްޓްރިކް ސާމާނާއި، ކާބޯތަކެތީގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަކެވެ.



ރާއްޖެއަށް އިމްޕޯޓުކުރި މުދާ އިތުރުވި ނަމަވެސް އޮގަސްޓުމަހު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮގަސްޓުމަހާއި އަޅާބަލާއިރު މިއަހަރުގެ އޮގަސްޓްމަހުގެ އެކްސްޕޯޓް ވަނީ 53 އިންސައްތަ ދަށްވެފައެވެ.

މިދިޔަމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ޖަރުމަނުވިލާތް، މޮރިޝަސް، އިނގިރޭސިވިލާތް، ބަންގްލަދޭޝް އަދި އިންޑިއާއަށެވެ.

ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިމްޕޯޓު ކުރި އަދަދު އިތުރުވުމާއެކު ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހު ދައުލަތަށް އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީއާ އަޅާބަލާއިރު 36 އިންސައްތަ އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު