މީޑިއާތަކުގައި ޝާއިއުކުރާ ހަބަރާއި މައުލޫމާތު ނެގުމަށް އެންގުމަކީ މިނިވަން ނޫސްވެރިކަމުގެ އަސާސްތަކާ ހިލާފު ކަމެއްކަމަށް ރާއްޖޭގެ ނޫސްވެރިކަމުގެ ތަރައްގީއަށް މަސައްކަތްކުރާ އެޑިޓަރސް ގިލްޑް މޯލްޑިވްސްއިން ބުނެފިއެވެ.
އެޑިޓަރސް ގިލްޑުން މިހެން ބުނެފައި މިވަނީ އިއްޔެ ބޭއްވި މަޖިލީހުގެ ސިއްރު ކޮމެޓީއެއްގައި ދެއްކި ވާހަކަތަކެއް މަޖިލީހުގެ އިދާރާއަށް އޮޅިގެން ލައިވްކުރުމުން، އެ ވާހަކަތަކަށް ރިއާޔަތްކޮށް މީޑިއާތަކުން ހެދި ހަބަރުތައް ނެގުމަށް މަޖިލީހުގެ އިދާރާއިން އެންގުމުންނެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކޮށްގެން ބޭއްވި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގެ 50 ވަރަކަށް މިނެޓްގެ އޯޑިއޯ މަޖިލީހަށް އެރި އޮޅުމެއްގެ ސަބަބުން ވަނީ އާއްމުކޮށް އެންމެންނަށް އަޑު އިވޭ ގޮތަަށް ލައިވްކޮށްފައެވެ.
މަޖިލީހުން އާއްމުކުރި އޯޑިއޯއިން މީޑިއާތަކުން ހަބަރުތައް ހެދުމުން އެ ހަބަރުތައް ޝާއިއުކުރި ނޫސްތަކުން އެ ހަބަރު ނަގަން މަޖިލީހުން ވަނީ އަންގާފައެވެ.
މިކަމާއި ގުޅިގެން އެޑިޓަރސް ގިލްޑް މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި ބުނީ މީޑިއާއެއްގައި އޮންނަ ހަބަރު ނެގުމަށް މަޖިލީހުން އެންގުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ.
"މި ގިލްޑުން ގަބޫލުކުރާ ގޮތުގައި، ލިބޭ މައުލޫމާތެއްގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު، އެ މައުލޫމާތެއް ރިޕޯޓު ކުރުމުގެ ހައްގު ނޫސްވެރިޔާ އަށް އޮންނާނެ." ބަޔާނުގައިވެއެވެ.
އެޑިޓަރސް ގިލްޑުގެ ބަޔާނުގައި ބުނީ މަޖިލީހުގެ ކޮމެޓީއެއްގައި ދެކެވުނު ވާހަކަތަކުން މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ހަބަރުތަކުގައި، އެ ކަމެއް ރިޕޯޓުކުރުމުން ގައުމީ މަސްލަހަތަށް އުނިކަމެއް އަތުވެދާނެ، އަދި އެނޫންވެސް ނޫސްވެރިކަމުގެ މިންގަނޑުން ރިޕޯޓު ނުކުރެވޭނެ ވާހަކަތަކެއް ހުރިކަމަށް ގަބޫލު ނުކުރެވޭކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 146 ވަނަ މާއްދާއިން އެނގޭ ގޮތުގައި، ކޮމެޓީތަކުގައި ދެކެވޭ ވާހަކަތަކުގެ ސިއްރު ހިފެހެއްޓުމަކީ މަޖިލީހުގެ ޒިންމާއެއްގެ ގޮތުގައި އޮތް ކަމެއްކަންވެސް ގިލްޑުން ފާހަގަކުރެއެވެ.
އެހެންކަމުން، ދައުލަތުގެ އެއް ބާރު ކަމުގައިވާ، ރައްޔިތުންގެ މަޖިލީހުން، މީޑިއާތަކުގައި ޝާއިއުކުރާ ހަބަރާއި މައުލޫމާތު ނެގުމަށް އެންގުމަކީ މިނިވަން ނޫސްވެރިކަމުގެ އަސާސްތަކާ ހިލާފު ކަމެއް ކަމުގައި ދެކޭކަމަށް އެޑިޓަރސް ގިލްޑްގެ ބަޔާނުގައިވެއެވެ.
"މީޑިއާއަކުން އުފައްދާ އެއްވެސް ކޮންޓެންޓަކާ މެދު އެއްވެސް ފަރާތެއްގެ އެއްވެސް ޝަކުވާއެއް އޮންނަ ހާލަތުގައިވެސް، އެކަންކަން ބަލާން، ގާނޫނުން މަތިކޮށްފައިވާ މުއައްސަސާތައް މެދުވެރިކޮށްގެން އެކަން ކުރިޔަށް ގެންދިއުމަށް މި ގިލްޑުން ގޮވާލަން." ބަޔާނުގައިވެއެވެ.
އެޑިޓަރސް ގިލްޑްގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިންވެސް ވަނީ މިކަމާއި ކަންބޮޑުވުން ފާޅުކޮށް، ބަޔާނެއް ނެރެފައެވެ.
އެމްޖޭއޭގެ ބަޔާނުގައި ބުނީ ނޫސްތަކުގައި ޝާއިއުކުރި ހަބަރު ނެގުމަށް މަޖިލީހުގެ އިދާރާއިން އެންގިދާނެކަމަށް އެ ޖަމިއްޔާއިން ގަބޫލުނުކުރާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު