ހުޅުމާލޭގައި ވޯޓާ ތީމް ޕާކަކާއި 6 ބުރީގެ ލެޝާ ހޮޓަލެއް އަޅަން ބޭރުގެ ކުންފުންޏަކާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ނިންމައި، އެބިން އަތުލުމަށް އެޗްޑީސީން ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކުރުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ތަރައްގީ ކުރުމަށް 2017 ވަނަ އަހަރު ހަވާލުކޮށްފައިވަނީ ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ ކުންފުންޏާއެވެ.

އެޗްޑީސީން ވަނީ އެ ތީމް ޕާކުގެ މަސައްކަތް ހުއްޓިފައިވާތާ އަހަރުތަކެއް ފަހުން، ޕްރޮޖެކްޓު ނިމޭނެކަމުގެ އެއްވެސް އަލިމަގެއް ނުފެނިގެން އެއްބަސްވުން ބާތިލްކޮށްފައެވެ.

385.5 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދިނުމުގައި އެޗްޑީސީން އަމަލުކުރި ގޮތާ ގުޅޭ މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުންދަނިކޮށް އެޗްޑީސީން މި އެއްބަސްވުން ބާތިލުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުއެވެ.

އެޗްޑީސީން ވަނީ 30 ދުވަހުގެ ތެރޭގައި ބިން ހަވާލުކުރަންވެސް އަންގާފައެވެ.

ނަމަވެސް ހައިކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ އެ މައްސަލަ ހައިކޯޓުން ބަލައި ނިމެންދެން އެޗްޑީސީގެ ސިޓީއަށް އަމަލުކުރަން ފަސްކުރުމަށް އެޗްޑީސީގެ މައްޗަށް އަމުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން