އައްޑޫސިޓީ މަރަދޫ "ރަހާ" ދޯނިން ބޭނި 22 ޓަނުގެ މަސް ނުކިރިގެން 20 ޓަނު މަސް ކަނޑަށް އުކާލައި 02 ޓަނު މަސް ގދ. ފިޔޯރީ ރައްޔިތުންނަށް ހިލޭ ބަހައިފިއެވެ.
ރަސްއޮންލައިން އަށް މިރޭ މައުލޫމާތު ދެއްވަމުން ފިޔޯރީ ކައުންސިލްގެ ރައީސް، ފައިޒަރު ރަޝީދު ވިދާޅުވީ ރަހާ ދޯނިން ބޭނި ވަރަށް ގިނަ އަދަދެއްގެ މަސް ފިޔޯރީ އަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ ދޯނިން ގެނައި މަސްތަށް އެރަށު ގޭގެއަށް ހިލޭ ބަހާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްއޮންލައިން އާއި ވާހަކަ ދައްކަމުން ރަހާ ދޯނީގެ ފަޅުވެރިއަކު ބުނީ އެ ދޯނިން 22 ޓަނުގެ މަސް ބޭނި ކަމަށެވެ. އޭގެ ތެރެއިން 20 ޓަނު ނުކިރުވިގެން ކަނޑަށް އުކާލާފައިވާ ކަމަށާއި ބާކީ ހުރި 2 ޓަނު ފިޔޯރީ އަށް ހިލޭ މިރޭ ބަހާލާފައިވާ ކަމަށް އެ ފަޅުވެރިޔާ ބުންޏެވެެ.
"ފިޔޯރީއަށް ބަހާލީ ދެ ޓަނު. މިތަނަށް ހަމަ ރަށުގެ ރައްޔިތުން އައީ، އައި ހުރިހާ މީހުންނަށް މަސް ދިނިން. މިކޮޅަށް އައި ހުރިހާ މީހުންނަށް މަސް ލިބުނު. ކަނޑަށް އުކާލިން ވިއްސަކަށް ޓަނު،އަޅުގަނޑުމެެންނަށް އެންމެ މަހެއް ވެސް ނުވިކޭ ހަމަ ހިލޭ ސާބަހަށް ދިނީ." އައްޑޫ ސިޓީގައި އެންމެ ފޯރިއާއެކު މަސްވެރިކަންކުރާ، މަރަދޫ އަށް ނިސްބަތްވާ ރަހާ ދޯނީގެ ފަޅުވެރިޔާ ބުނެފައިވެއެވެ.
އެފަޅުވެރިޔާ އިތުރަށް ބުނީ އެދޯނިން މަސް ބާނައިގެން ކޫއްޑޫ އަށް އިއްޔެ ދިޔުމުން މަސް ނުކިރޭނެ ކަމަށް ބުނެ މިއަދު މަސް ކިރަން ކިޔު ނަމްބަރެއް ދިން ކަމަށެވެ. އަދި ކޫއްޑޫ އިން މަސް ނުކުރުވީ މަހުގެ ފިނި ހޫނުމިން ރަނގަޅު ނޫން ކަމަށް ބުނެ ކަމަށް އެ ފަޅުވެރިޔާ ބުނެ އެވެ. އެ ފަޅުވެރިޔާ ބުނީ މަސް ފިނި ކުރަން އައިސް ވެސް ލިބޭގޮތް ނުވި ކަމަށާއި، ފަހުން މަސްކިރާނެކަން ކޫއްޑޫ އިން އެންގި ކަމަށެވެ.
"އެމީހުންގެ ކޮލިޓީ ކޮންޓްރޯލްގެ ބޮޑު މީހަކަށް ހުރި އިންޑިޔާ މީހަކާއި ވާހަކަ ދެއްކީމަ އޭނާ ބުނީ މާދާމާ މަސް ފިނިކޮށްގެން ރަނގަޅު ޓެމްޕަރޭޗަރ ގައި ގެނެސްސިއްޔާ މަސްކިރާ ދޭނަމޭ. މަސް ކޮލިޓީ ބަލާފައި ރަނގަޅީއާ ކިރާ ދޭނަމޭ. އަޅުގަނޑު 100 ޕަސެންޓް ގެރެންޓީ ދެން ކަނޑަށް އަޅާލި މަަސް ވެސް، ފިޔޯރީއަށް ބަހާލި މަހެއްގައި ވެސް މަަސްގަނޑު އެއްވެސް މައްސަލަ އެއް ނުހުންނާނެ. މަސް ހަލާކުވެފައެއް ނުހުންނާނެ މަހުގެ ކޫރުމެެއް ވެސް ނީއްނާނެ." ވަރަށް ޔަގީން ކަމާއެކު އެ ފަޅުވެރިޔާ ކިޔައިދިނެެވެ.
ރާއްޖޭގެ ދެކުނުގެ މަސްވެރިކަން ރަނގަޅުވެފައިވާ މިދުވަސްވަރު، މަސްވެރިން ބާނާމަހުގެ އަދަދުވަނީ އިތުރުވެފައެވެ. ނަމަވެސް ބަނާ ހުރިހާ މަހެއް ކިރުމުގެ ޤާބިލްކަން އިންޑަސްޓްރީގައި ނެތުމުގެ ސަބަބުން ބާނާހާމަސް ކިރުވުމުގައި މަސްވެރިންނަށް ވަނީ ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައެެވެ. އެގޮތުން މަސްވެރިން ބާނާ މަހުގެ އަދަދު އިތުރުވުމާގުޅިގެން، ކޫއްޑޫއާއި މާންދޫއަށް ބާރުބޮޑުވެ، މާންދޫގައި މަސްކިރާ މިންވަރު ވަނީ ލިމިޓްވެސްކޮށްފައެވެެ.
މިދިޔަ އޭޕްރީލް މަހުވެސް މަސްވެރިންކަން ރަނގަޅުވީއިރު ކޫއްޑޫއަށް މަސް ކިރުވުމަށް މަސްވެރިންނަށް ވަރަށް ބޮޑަށް ދަތިކާކުރިމަތިވިއެވެ. އަދި އެއާގުޅިގެން، ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވަނީ މިފްކޯއަށް މަސް ކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އިތުރު ބޯޓެއް ގެނައުމަށް ހަމަޖެހިފައިވާ ކަން ހާމަކުރަށްވާފައެެވެ.

ކިޔުންތެރިންގެ ހިޔާލު