ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަސްވެރިންނަށްވީ އެއްވެސް ވައުދެއް ނުފުއްދާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އިލްހާމް މިހެން ވިދާޅުވީ، މަސް ކިރުމަށްފަހު ފައިސާ ނުދެވިގެން އުޅެނީ، ފިޝަރީޒް މިނިސްޓްރީ ޖުމްހޫރީ ޕާޓީން ހިންގާތީ ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮންމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެެވެ.
ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް ވިދާޅުވީ [ރައީސް ޔާމީން ލީޑްކުރައްވާ ޕީޕީއެމަށް] ވެރިކަމުގެ އާރާބާރު ލިބި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ގާނޫނުތައް ބަދަލުކޮށް، ދައުލަތުގެ ނަމުގައި ބޮޑެތި ބިޔަ ލޯނުތައް ނަގައި، ހިތުހުރިގޮތަކަށް ހަރަދުކޮށްފައިވާއިރު މަސްވެރިންނަށްވީ އެއްވެސް ވަޢުދެއް ނުފުއްދާ ކަމަށެވެ.
އިދިކޮޅު ޕީޕިއެމްގެ ނާއިބް ރައީސްކަންވެސް ކުރެއްވި އިލްހާމް ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވުމުން މިއަދު ތި ޕްލޭ ކުރަނީ ކޮން ސީޑީއެއްތޯ މެމްބަރު ސައީދާއި ސުވާލުކުރައްވާފައެވެ.
މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަނަކީ ޖުމްހޫރީ ޕާޓީގެ ސޮލެޓެއްގައި ވަޒީރު ކަމުގައި ހުންނެވި ބޭފުޅަކެވެ. ޑރ. ހުސައިނަށް ނިސްބަތްކުރައްވާ މަޖިލީހުގައި ވާހަކަ ދައްކަވަމުން މެމްބަރު ސައީދު ވިދާޅުވީ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދު ނުފުއްދެނީ ފިޝަރީޒް މިނިސްޓްރީ ޖޭޕީގެ ސްލޮޓަކަށް ލިބިފައިވާތީ ކަމަށެވެ.
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަދަދާއެކު ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން ޖޭޕީގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނެވުމަށްފަހު ޖޭޕީ ކޯލިޝަނުން ވަކިވުމުން ޕީޕީއެމާއި ގުޅިވަޑައިގެންނެވި ސައީދުގެ ވާހަކަތަކާއި ގުޅިގެން ޖުމުހޫރީ ޕާޓީގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެެވެ.

ކިޔުންތެރިންގެ ހިޔާލު