މަސްވެރިންނަށް ހަމަ އަގު ނުލިބެނީ ފިޝަރީޒް މިނިސްޓްރީ ޖުމުހޫރީ ޕާޓީން ހިންގާތީ ކަމަށް ވިދާޅުވެ ކުރީގެ އިކޮންމިކް މިނިސްޓަރު މުހައްމަދު ސައީދު ދެެއްކެވި ވާހަކަތަކަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މަސްވެރިންނަށް ހަމަ އަގު ނުލިބެނީ ފިޝަރީޒް މިނިސްޓްރީ ޖުމުހޫރީ ޕާޓީގެ މިނިސްޓަރަކު ހިންގާތީ ކަމަށް ވިދާޅުވެ ކުރީގެ އިކޮންމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ އެޕާޓީގެ މިނިސްޓަރަށް ފާޑުވިދާޅުވެފައެވެ. ފިޝަރީޒް މިނިސްޓަރަކަށް މިހާރު ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން އަކީ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި ބޭފުޅެކެެވެ.

ކުރީގެ އިކޮންމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ފިޝަރީޒް މިނިސްޓަރަކަށް މިހާރު ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަނަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު ވަނީ ރައީސް ޔާމިންގެ ވެރިކަމުގައި މަސްވެެރިން ހާލުގައި ޖެހުނީ ޖޭޕީގެ މިނިސްޓަރަކު ހުރުމުންތޯ ސުވާލު ކުރަށްވާފައެވެ.



ސައުދު ﷲ ވިދާޅުވީ، މަސްވެރިކަމުގެ މުޅި ސިނާއަތް ފުނޑުފުނޑުކޮށްލީ ކުރީގެ އިކޮންމިކް މިނިސްޓަރު ސައީދު ވަޒީރު ކަމުގައި ހުންނަވައިގެން ކަމަށެވެ. އަދި ލަދުވެތި ވާހަކަ ނުދައްކަވައި ރިޔާސީ ރޭހަށް ތައްޔާރުވުން ބުއްދިވެރި ކަމަށް ސައުދު ﷲ ވިދާޅުވިއެވެ. ސަޢުދު ވިދާޅުވީ ރައީސް ސާލިޙުގެ ވެެރިކަމުގައި މަސްވެރިކަމުގެ ސިނާއަތްތަކަށް ބޮޑެތި އިންވެސްޓްމަންޓް ތަކެއް ކުރަމުންދާ ކަމަށެވެ.

"މަސްވެެރިކަމުގެ ސިނާއަތް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތަށް އިންޝާ ﷲ ދާދިއަވަހަކަށް ހެއު ބަދަލު ފެނިގެންދާނެ،" ސައުދު ﷲ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު