އިބްރާހިމް ފަހީމް   21 ސެޕްޓެމްބަރު 2022 - 19:5
މަސްވެރިކަން ކުރުމަށް ނުކުމެ އުޅުނު މީހަކު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ގއ.ގެމަނަފުށީގައި ދުއްވާ "ދޮންދީނި" ނަމަކަށް ކިޔާ މަސް ދޯނިން މަހަށް ގޮސް އުޅުނު މުހައްމަދު ވަސީމް ނަމަކަށް ކިޔާ ފިރިހެނެކެވެ.

ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހީމް ނާޝިދު "ރަސް އޮންލައިން" އަށް ވިދާޅުވީ، ނިޔާވެފައިވަނީ ގާތްގަނޑަކަށް އުމުރުން 50 އަހަރުގެ މީހެއް ކަމަށެވެ. އަދި އެނގިފައިވާ ގޮތުގައި އޭނާއަކީ ބޮޑު ބައްޔެއް ހުންނަކަމަށް މިހާތަނަށް ފާހަގަ ކުރެވިފައިވާ މީހެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ނާޝިދު ވިދާޅުވީ، އެ މީހާ ނިޔާވީ ދޯނި އެ ރަށާ 48 ވަރަކަށް މޭލު ދުރުގައި އޮއްވާ ކަމަށާއި، މިހާރު އެ ރަށަށް ދިއުމަށް ދޯނި ދަތުރު ކުރަމުން ދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު