ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް، ރާއްޖޭގެ ތައުލީމީ ދާއިރާއަށް ކޮށްދެއްވާ ހިދުމަތަށް، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ޙަސަން ޝުކުރު އަދާ ކުރައްވައިފިއެވެ.

ޤާސިމް އިބްރާހީމްގެ ވިލާ ކޮލެޖުން ދަސްވެނިވި ދަރިވަރުންނަށް ސަނަދު ހަވާލު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ވިލާ ކޮލެޖަކީ ތައުލީމު ހާސިލު ކުރެއްވުމަށް ޤާސިމް އިބްރާހީމަށް އޭރު ލިބިވަޑައިނުގެންނެވި ފުރުސަތު، ރާއްޖޭގެ އެހެން ފަރާތްތަކަށް ހޯއްދަވައިދެއްވުމަށްޓަކައި ދެކެވަޑައިގެންނެވި ހުވަފެން ހަގީގަތަކަށް ހެއްދެވުމަށް އުފެއްދެވި ކޮލެޖެއް ކަމަށެވެ.

އެހެންކަމުން، ތައުލީމީ ދާއިރާއަށް އެކި ގޮތްގޮތުން ޤާސިމް ކޮށްދެއްވާ މަސައްކަތްތަކަށް ޑރ. އިބްރާހީމް ޙަސަން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ޤާސިމް އިބްރާހީމް އުފެއްދެވި ވިލާ ކޮލެޖަކީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެންމެ ތަޖުރިބާކާރު އެއް ކޮލެޖެވެ. މި އަހަރު ދަސްވެނިވި ދަރިވަރުންނާއެކު ވިލާކޮލެޖުން މަތީ ތައުލީމު ހާސިލު ކުރި ދަރިވަރުންގެ އަދަދު ވަނީ 15000 އަށް އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު