އޭޝިއަން ޑިވެލޮޕްމަންޓު ބޭންކު، އޭޑީބީން 10 މިލިއަން ޑޮލަރު ނުވަތަ 154 މިލިއަން ރުފިޔާގެ އެހީއެއް ރާއްޖެއަށް ދިނުމަށް ނިންމައިފިއެވެ.
މިއީ ރާއްޖޭގެ ކޯވިޑް ވެކްސިން ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، އޭޑީބީން ދޭ އެހީއެކެވެ. ވެކްސިން ރައްކާކުރާ ފެސިލިޓީތައް ޤާއިމްކުރުމަށާއި، ވެކްސިން ޖެހުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް މި އެހީ ދެނީ އޭޑީބީގެ އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީގެ ދަށުންނެވެ.
އޭޑީބީން ބުނީ ކޯވިޑު ވެކްސިން ޖެހުމުގައި ރާއްޖެއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި އަދި މިހާރު އެ ބޭންކުން ދޭން ނިންމާފައިވާ އެހީއާއެކު ވެކްސިން ޖެހުމުގެ މަސައްކަތް ހަރުދަނާވެގެންދާނެކަމަށެވެ. މީގެއިތުރުން ވެކްސިން ރައްކާކުރުމަށް ސްޓޯރޭޖްތައް ގާއިމްކުރުމާއި، މިކަމާއި ގުޅޭ އެހެނިހެން މަސައްކަތްތަކަށްވެސް މި އެހީގެ ދަށުން އެހީތެރިވެދޭނެ ކަމަށް އޭޑީބީން ބުނެއެވެ،
އޭޑީބީން ދިން އެހީގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތަށް، 7 ލޯންޗާއި، 2 ރެފްރިޖެރޭޓަޑު ލޮރީ، އަދި 2 ވޭން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
ކޯވިޑުން އަަރައިގަތުމަށް ކުރާ މަސައްކަތަށް އޭޑީބީން އިތުރު އެހީއެއް ދިނުމަށް ނިންމާފައިވާއިރު، ސިއްހީ ދާއިރާގެ އިތުރުންވެސް އޭޑީބީން ދަނީ ރާއްޖޭގެ ތަރައްްޤީއަށް ކުރާ އެކިއެކި މަސައްކަތްތަކަށް ވެސް އެހީތެރިވެދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު