ލ. ގަމުން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ އަންހެން މީހާ މިއަދު ފެނިއްޖެއެވެ.
އެ މީހާ ގެއްލިގެން ހޯދަން ފަށާފައިވަނީ އިއްޔެ ހަވީރުން ފެށިގެނެވެ. ގެއްލިގެން ހޯދަމުން ދިޔައީ 85 އަހަރުގެ ގަން ތުނޑި، ރަތްފުސްގެ ޚަދީޖާ އަބްދުލް ރަހްމާނެވެ.
ގަމު ކައުންސިލުން ބުނީ ހެނދުނު 6:15 ހާއިރު އެމީހާ ފެނިފައިވާ ކަމަށެވެ. އަދި އޭނާ ފެނިފައިވަނީ ވަލުތެރެއިން ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައިވާ ސަރަހައްދުގައި ހުރި ޑަސްބިންތަކެއްގެ ކައިރިންކަމަށްވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ ޚަދީޖާ ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށާއި ނަމަވެސް އެމީހާއަކީ އުމުރުން ދުވަސްވީ ބަލި މީހެއް ކަމުން ޚަދީޖާ ހުރީ ވަރުބަލިވެފައިކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު