މާލެ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ތައިސޭ ކޮށިން 4000 އަކަ ފޫޓްގެ ބިމެއް އަމިއްލަ ބަޔަކަށް ދީފިއެވެ.

މި ބިން ދީފައި ވަނީ މެޑިކަލް ފެސިލިޓީއެއް އެޅުމަށްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ އެ ބިން ދޫކޮށްފައި ވަނީ "ވަން އޯން ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އަށްަ ކަމަށެވެ. އަދި ތައިސޭ ކޮށިން ބިމެއް ދިނީ އިންޓަގްރޭޓެޑް މެޑިކަލް ފެސިލިޓީއަކާއެކު މަލްޓި ޕާޕަސް އިމާރާތެއް އެޅުމަށްކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ އެ އިމާރާތް ހެދުމަށް ހަވާލުކޮށްފައި ވަނީ އިމާރާތުގައި ކާރު ޕާކު ކުރެވޭނެ ތަނެއް ވެސް ހެދުމަށް ޝަރުތުކޮށްފައިކަމަށެވެ.

ނަމަވެސް މިކަމުގެ އެގްރިމެންޓުގައި ސޮއިކުރި ތާރީހާއި ބިޑާއި ގުޅޭ މައުލޫމާތު ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެޑިކަލް ފެސިލިޓީއެއް އެޅުމަށްކަމަށް ބުނެ ތައިސޭ ކޮށިން ބިން ދިނީ މިހާރުވެސް އެ ވިޔަފާރިގައި ހަރަކާތްތެރިވާ ކުންފުންޏަކަށެވެ.



ކިޔުންތެރިންގެ ހިޔާލު