ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފެނިގެން މިދަނީ، ކުރިން ނުކުރެވޭނެކަމަށް ބަޔަކު ބުނި ގިނަ ކަންތައްތަކެއް ކުރަމުންދާތަން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާގައި މިރޭ ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ، ރައީސް ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ފަސް އަހަރުގެ ތެރޭގައި ކުރަން ވަރަށް ގިނަ ކަންކަން ހުރި ކަމަށެވެ. ހާލަތު އޮތީ އަލުން ބަލުން ފަށައިގަނެ ތަރުތީބުކުރާ ހާލަތުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން، ރާއްޖޭގެ ރަށްރަށުގެ ގިނަ ބަޔަކަށް ފެނާއި ނަރުދަމާގެ ފަސޭހަ ނިޒާމެއް ލިބިފައި ނެތްކަމަށާ، ރައީސްގެ ވައުދާއި އެއްގޮތަށް ސަރުކާރުން މިހާރު ދަނީ އެ ކަންކަން ރައްޔިތުންނަށް ފުއްދައިދެމުން ކަމަށް ސަމީރު ވިދާޅުވިއެވެ.
"ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ގައިން ތާހިރުވެގެންނޭ މީހުންނާ ވާހަކަދައްކާ އުޅޭނީވެސް، އެގޮތް ހޯއްދަވައިދެއްވުމަށް ރަށްރަށުގަ ސާފު ބޯފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއުތައް އެދަނީ ހިނގަމުން." ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ، ރައީސް ޞާލިޙް ރައީސްކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަވެސް އަމާޒަކަށް ހެއްދެވީ ތަފާތުކުރުންތައް ނެތިކޮށްލުމާއި ކުޑައެއް ބޮޑެއް ނުބަލާ ރާއްޖޭގެ ހަމަ ކޮންމެ ސަރަހައްދަކަށްވެސް ތަރައްގީ ގެނައުން ކަމަށެވެ.
މާލެއިން މިސާލު ނަންގަވައި ސަމީރު ވިދާޅުވީ، އެތައް ސަރުކާރަކަށް ނުވެ އޮތް ބަހުގެ ހިދުމަތް ފެށިއްޖެ ކަމަށާ މަގުތައް ހެދުމާ ޕާކިން ސްޕޭސް ހެދުން ކުރިއަށް އެބަ ދާކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްރަށުގައި މަސައްކަތްތައް ކުރިއަށް ގޮސް މައުނަވީ ގޮތެއްގައި ނަތީޖާ ދަނީ ފެންނަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސަމީރު ވަނީ، އިގުތިސާދު ކޮޅަށް ޖެހުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ކޮވިޑުގެ އާލަމީ ބަލިމަޑުކަމުން ގައުމު އަރައިގަނެވި އިގްތިސާދު ހަމައަކަށްއެޅި ވިޔަފާރިތައް ހިނގަން ފަށާފައިވާއިރު ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުންވެސް އެކަން ބަލައިގަންނަ ކަން ސަމީރު ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު