އިހަވަންދިޕޮޅުގައި މިއަހަރު ނިމުމުގެ ކުރިން ބަންކަރިންގެ ހިދުމަތް ފެށިގެންދާނެކަމަށް މިނިސްްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މެރިޓައިމް ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ ރާއްޖެ ހިމެނޭ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް އިހަވަންދިޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އެމަސައްކަތް ފެށިގެންދާނެކަމަށް ނަހުލާ ވިދާޅުވިއެވެ.
"އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ކުރެވެމުން. މި މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށިގެން ދާނެ." މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމުގެ މަސައްކަތް ކުރަނީ ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯއިންނެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެފައި ވަނީ ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފަށަން އިހަވަންދިޕޮޅުގައި ފަށާ މަޝްރޫޢަކީ އެސްޓީއޯގެ އެންމެ ބޮޑު އެއް މަޝްރޫޢަށްވާނެ ކަމަށެވެ.
އަމްރު ވިދާޅުވީ އިހަވަންދިޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ފުނަދޫގައި ހުންނަ އެސްޓީއޯގެ ފިއުލް ޓާރމިނަލަކީ ވަރަށް ދުވަސްވެފައިވާ ޓަރމިނަލަކަށްވެފައި، ރާއްޖޭގައި ތެލަށް އޮންނަ ޑިމާންޑު އިތުރުވަމުންދާތީކަމަށެވެ. އަދި މިހާރު ފިއުލް ޓަރމިނަލް ހުރި ރަށް އިތުރަށް ބޮޑު ކުރެވެން ނެތްކަންވެސް އަމްރު ފާހަގަކުރެއްވިއެވެ.
އަމްރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުވަމުންދާއިރު، ރިސޯޓުތައްވެސް 3 ގުނަ އިތުރުވެ, ކޮންސްޓްރަކްޝަން ވަރަށް ބޮޑުވެގެން ހިނގައްޖެކަމަށެވެ. އެހެންކަމުން ތެލަށް އޮންނަ ޑިމާންޑްވެސް އުފެލުމުންދާކަން އަމްރު ފާހަގަކުރެއްވިއެވެ.
އަމްރު ވިދާޅުވީ ރާއްޖެ އޮންނަ ލޮކޭޝަންގެ ގޮތުން އިހަވަންދިއްޕޮޅު ސަރަހައްދުން ކޮންމެ ދުވަހަކުވެސް 300 އަށްވުރެ ގިނަ އާގުބޯޓު ދަތުރުކުރާ ކަމަށާއި، އެހެންކަމުން މި ބޯޓުތަކަށް އަމާޒްކޮށްގެން ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތްތައް ދިނުމަށް ނިންމާފައިވާކަމަށެވެ.
"ދުވާލެއްގެ މައްޗަށް 300 އަށްވުރެ ގިނަ އާގުބޯޓު އެބަ ދަތުރުކުރޭ. އެ ސަރަހައްދުގައި ނެތް އެއަކަށް ސާވިސް ދެވޭނެ ގޮތެއް. އަޅުގަނޑުމެންގެ ވިސްނުމަކީ ސްޓްރެޓިކް ސްޓޯރޭޖާ އެކީގައި އިންޓަނޭޝަނަލް ބަންކަރިންއަށް ދިއުން." އަމްރު ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފަށަން އެސްޓީއޯއިން ނިންމާފައިވާއިރު، އެސްޓީއޯގެ ވިސްނުން ހުރީ އެންމެ ފުރަތަމަ ފްލޯޓިންގ ސްޓޯރޭޖެއް އިހަވަންދިއްޕޮޅުގައި ޤާއިމްކޮށްގެން ހިދުމަތްދިނުމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށް އަމްރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު