ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަރައްގީ ގެނެސްދެއްވަމުން ގެންދަވަނީ އާބާދީގެ ކުޑަބޮޑުމިނަށް ބައްލަވައިގެން ނޫން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.
ގދ. ރަތަފަންދޫއަށް ސަރުކާރުން ގެނެސްދޭ ތަރައްގީއަށް އަލިއަޅުވާލާ ސައުދުﷲ މިއަދު ވިދާޅުވީ، ދިގު މާޒީއެއްގައި ސަރުކާރުން ނުގެންނަ ތަރައްގީ މި ސަރުކާރުން ވަނީ ރަތަފަންދޫއަށް ގެނެސްދީފައި ކަމަށެވެ.
އަދި އެ ރަށަށް ރައީސް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޞާލިޙްގެ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއްކަން އެނގެނީ ތަފާތު ކުރުމެއްނެތި ހިނގަމުންދާ ތަރައްގީ އާބާދީއަކަށް، ކުލައަކަށް ނުބަލާ ދަނީ ރަށްތައް ތަރައްގީ ކުރައްވަމުން." ސައުދުﷲ ވިދާޅުވިއެވެ.
ސައުދުﷲ އިތުރަށް ވިދާޅުވީ، ރައީސް ރަތަފަންދޫއަށް ގެންނަވާ ތަރައްގީގައި އެންމެ ބޮޑު ހިއްސާއެއް ވެލައްވާ ދެ ބޭފުޅުންނަކީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ކަމަށެވެ. އެ ދެބޭފުޅުން ވަނީ ރަތަފަންދޫގެ ރައްޔިތުންގެ ޝަކުވާއަށް ނިމުމެއް ގެނައުމުގައި އިސް ރޯލެއް އަދާ ކުރައްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ދާދިފަހުންވަނީ ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެވެ.
މިމަޝްރޫއުގެ ތެރޭގައި، 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ. މިމަޝްރޫއުގެ އަގަކީ 27.8 މިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު