އިދިކޮޅު ފަރާތްތަކުން ނިކުމެ ހޯއް ގޮވިއަސް ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ އާރުޓީއެލް ފެރީގެ ނިޒާމް ހުއްޓުވައި ނުލެވޭނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު މިރޭ ވިދާޅުވެއްޖެއެެވެ.
ދައުލަތުގެ މީޑިޔާގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވީ، މިސަރުކާރުން އާރުޓީއެލް ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅާލައި ބަސް ދަތުރުގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ. އަދި އާރުޓީއެލް ފެރީގެ ނިޒާމާއި ބަސް ދަތުރުގެ ޚިދުމަތް ރައްޔިތުން ބަލައިގެންފި ކަަމަށާއި ބަޔަކު ނުރުހުނު ނަމަވެސް ރައްޔިތުންނަށް ދޭ އެ ޚިދުމަތްތައް ހުއްޓުވާ ނުލެވޭނެ ކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގައި ތިބީ އެމަސައްކަތްތައް މީގެ ކުރިން ކުރަން ނޭގުނު ބަޔެއް ކަމަށެވެ. އަދި ވެރިކަން ލިބިއްޖެނަމަ އެއަށްވުރެ ރަނގަޅު ކަންތައްތައް ކޮށްދޭނެ ކަމަށް ބުނި ނަމަވެސް އެކަން ރައްޔިތުން މިއަދު ގަބޫލު ނުކުރާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.
"ރައީސް ވިދާޅުވާ ގޮތަށް ކަމެއް ކުރަން އުޅުނީމަ އެ ކަމެއް ކުރެވޭނެ، ރައީސް ސޯލިހް ބޭނުންވީ އާރުޓީއެލް ބޭނުންކޮށްގެން ރާއްޖޭގައި ދަތުރުފަތުރު ނިޒާމުން ގުޅުވާލަން. އެ އޮތީ ގުޅުވާލާފަ، ދެން އެހެން ބަޔަކު ނުކުމެ ފަހަތުން ހޯއްގޮވިއަސް އެކަމެއް ނުހުއްޓޭނެ އިރާދަކުރެއްވިޔާ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ވަރަށް ފޮނި އުއްމީދުތަކަކާއި އެކު މި މަސައްކަތްޕުޅުތައް މިކުރަށްވަމުން ގެންދަވަނީ ރައްޔިތުންނަށްޓަކައި." ސަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަމީރު ވިދާޅުވީ، މުސްތަގުބަލުގައި ސަރުކާރުގެ އިސްވެރިން ވެސް ދަތުރުފުޅު ކުރަށްވާނީ ދަތުރުފަތުރުގެ ނިޒާމުން ގުޅާލާފައިވާ އާރުޓީއެލް ފެރީގެ ނިޒާމުގެ ތެރެއިން ކަމަށެވެ. އޭރުން ދަތުރުފަތުރުގެ ޚަރަދުތައް ވެސް ކުޑަވެގެންދާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.
"މިއަދު މި ރާއްޖޭގެ ވެރިންނަކީ ފިލައިގެން އުޅޭ ބަޔެއް ނޫން، ގައުމުތަކަށް ނުދިޔުމާއި ޔޫއެންއަށް ނުދިޔުމާއި، މިހިރި ކަންކަމަށް ފިލައިގެން އުޅޭ ވެރިންނެއް ނޫން މިއަދު ތިބީކީ. މިއަދު ތިބީ ކަންކަމުގައި ރައްޔިތުންނާއި ގާތުން ގައުމުތަކުގެ ވެރިންނާއި ގާތުން، އަވަށްޓެރި ގައުމުތަކާއި ދުނިޔޭގެ ހުރިހާ ގައުމުތަކާއި ގުލޯބަލައިޒްކޮށް ގުޅިފައި އޮތް ދުނިޔެ އެއްގައި އަޅުގަނޑުމެންނަކަށް ނޫޅެވޭނެ އެކަހެރިވެގެންނެއް." ސަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު