އަހުމަދު މަސްނޫމް   20 ސެޕްޓެމްބަރު 2022 - 22:0
ހުޅުމާލެ ފޭސް ދޭކުން ޒުވާނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެެވެ.

ފުލުހުން މިރޭ ބުނީ ހުޅުމާލެ ފޭސް ދޭކުން މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ އުމުރުން 27 އަހަރުގެ ޒުވާނެއް ކަމަށްވާ މުޙައްމަދު އަޛުހާންއެެވެ.

އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 06:00 އެހައިކަންހާއިރު ކަމަށާއި އެންމެފަހު ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ހުޅުމާލޭ ފޭސް 2 ކުން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ލ. ގަމުން އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ފުލުހުން ވަނީ ހޯދަން ފަށާފައެެވެ.



ކިޔުންތެރިންގެ ހިޔާލު