ފުލުހުންގެ ތަކެތީގައި ރޯކޮށްލާނެކަމަށްބުނެ އިންޒާރުދިން މައްސަލާގައި އައްޑޫ ސިޓީ ހިތަދޫން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުންގެ މިޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން ދެ މީހުންގެ ބަންދުގެ މުއްދަތާއިމެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެމީހުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
މި ދެ މީހުން ފުލުހުންނަށް އިންޒާރުދީފައިވަނީ އިއްޔެގެ ވަގުތެއްގައި ހިތަދޫގައި ލައިސަންސް ނެތި ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯވ ކުރުމުންނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނަކާއި، 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިފަދަ މައްސަލަތައް މިދުވަސްވަރު އިތުރު ވަމުންދާއިރު، ފުލުހުންނަށް އިންޒާރުދީ ހަމަލާދޭ މީހުންނަށް ހަރުކަށި އަދަބު ދޭނެކަމުގެ އިންޒާރު ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު