ވެންޓިލޭޓަރުގެ ޚިޔާނާތުގެ މައްސަލައިގައި ވަރަށް އަވަހަށް އަލިމަގެއް ފެންނާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.
ކޮވިޑު19 އާއި ގުޅިގެން ހާލު ބޮޑުވާ މީހުންނަށް ވެންޓިލޭޓަރު ހޯދުމުގެ މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން ހަތަރު ފަހަރެއްގެ މަތިން ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ. އެހެން ނަމަވެސް ތަހުގީގުގައި ބައެއް ކަންކަން ފުރިހަމަ ނުވާ ކަމަށް ބުނެ އޭސީސީން ވަނީ އެ މައްސަލަ އަލުން ޕީޖީ އޮފީހަށް ފޮނުވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އޭސީސީން އެދުނު ކަންކަން އިސްލާހުކޮށް އެމައްސަލައިގައި އަލުން ދައުވާ ކުރަން ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ޝަމީމް ވިދާޅުވީ އެމައްސަލައާއި ގުޅިގެން އޭސީސީއާއި މަޝްވަރާ ކުރެއްވި ކަމަށާއި މިހާރު ލިބިފައިވާ މައުލޫމާތުތަކުން އެކަމުގައި ބައިވެރިވި މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވޭނެ ކަމަށެވެ. ވެންޓިލޭޓަރުގެ މައްސަލައިގައި ވަރަށް އަވަހަށް އަލިމަގެއް ކޮޅެއް ފެންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ޕީޖީ އޮފީހުން ފޮނުވާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގެ ދައުވާކުރުމަށް ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާއެކު ހެލްތު މިނިސްޓްރީން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ސަރުކާރުން މިހާރު ވަނީ ބާތިލްކޮށް އެމައްސަލަ އާބިޓްރޭޝަނަށް ހުށައެޅުމަށް ނިންމާފައެވެ.
75 ވެންޓިލޭޓަރު ގެނައުމަށް އެގްޒެކިއުޓާސްއާ ހަވާލުކުރުމުން މިހާތަނަށް ރާއްޖެއަށް ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ. އެކަމަކު ތަކެތި ގަންނަން ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައި ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު