ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.
ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ތިންވަނަ ދުވަހު މެންދުރު 1:00 އާއި ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.
އިއުލާނުގައި ބުނާގޮތުން ސިވިލް ކޯޓުގެ ގާޒީއެއްގެ އަސާސީ މުސާރައަކީ 30،000 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ ލިބޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެއިތުރުން ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ފޯނު އެލަވަންސް ލިބޭނެ ކަމަށް ޖޭއެސްސީ އިން ބުނެއެވެ.
ސިވިލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި އެމަގާމަށް އެދި 17 ބޭފުޅަކު ވަނީ ފޯމް ހުށައަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު