އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަންކަމުގެ މަގާމަށް މުސްތަފާ ހަމީދު އައްޔަންކޮށްފިއެވެ.
މުސްތަފާ ހަމީދަކީ އިންތިގާލީ އިންސާފުގެ އޮފީހުގެ އިންވެސްޓިގޭޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަންކަމުގެ މަގާމަށް މުސްތަފާ ހަމީދު އައްޔަންކުރީ އެ މަގާމުގައި ހުންނެވި މަރިޔަމް ލައިޒާ އިސްތިއުފާ ދެއްވުމުންނެވެ.
ލައިޒާ އިސްތިއުފާ ދެއްވީ މި މަހުގެ 6 ވަނަ ދުވަހުއެވެ.
ގާނޫނު ބުނާ ގޮތުން މަގާމު ހުސްވާތާ 15 ދުވަހުގެ ތެރޭގައި މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެއެވެ.
މުސްތަފާއާއެކު މިހާރު އެ އޮފީހުގެ އޮބްޕަޑްސްޕާސަނުންގެ ގޮތުގައި ތިއްބަވާނީ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފްގެ އިތުރުން ކުރީގެ އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލް ޖިހާދާ އަނީސްއެވެ.
އިންތިގާލީ އިންސާފުގެ އޮފީހަކީ އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހެކެވެ. އެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބަލައި، ތަހުގީގުކޮށް ނިންމަން ދީފައި އޮންނަނީ ދެ އަހަރު ދުވަހުގެ މުހުލަތެކެވެ. އެ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވާނެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް މައްސަލައެއް ނިންމިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު