މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 19000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ހާމަކޮށްފިއެވެ.
މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލާފައިވަނީ މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ފޯމް ހުށަހެޅުމުގެ ސުންގަޑި މިމަހުގެ 26 ވަނަ ދުވަހަށް ހަމަވާނެއެވެ.
މި ސްކީމްގެ ދަށުން 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. މީގެ ތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައިވަނީ ގުޅީފަޅުންނެވެ.
ހައުސިންގ މިނިސްްޓްރީން ބުނީ މިހާތަނަށް މި 2 ސްކީމަށް 19،000އަށްވުރެ ގިނަ އެޕްލިކޭޝަން ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާކަމަށެވެ. މީގެ ތެރެއިންވެސް އެންމެ ޑިމާންޑު ބޮޑީ ބިންވެރިޔާ ސްކީމަށްކަން މިނިސްްޓްރީން ބުނެއެވެ.
މި ސްކީމްގެ ދަށުން އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ، އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެއެވެ. އަދި 7 މީހުންނަށްވުރެ ގިނަ މީހުން އެއްކޮށް ބައިވެރިވާނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯއްޗެއް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު